ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ގާނޫނުތައް ފާސް ކުރަނީ އެންމެ ތަހުޒީބު ގައުމު ތަކުގައިވެސް އެކަން ކުރާ އުސޫލުތަކަށް: ބާކައުންސިލްގެ ރައީސް

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޒް ހުސެއިން ސިރާޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮންމެ އަހަރަކުވެސް އެތައް ގާނޫނުތަކެއް ފާސް ކުރެވެމުންދާކަމަށާއި އަދި ރާއްޖޭގައި ގާނޫނުތައް ފާސް ކުރަނީ ދުނިޔޭގެ އެންމެ ތަހުޒީބު ގައުމު ތަކުގައިވެސް ގާނޫނުތައް ފަރުމާ ކުރެވިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން ކަމަށް ބާ ކައުންސިލްގެ ރައީސް އަލްއުސްތާޒް ހުސެއިން ސިރާޖު ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސިރާޖު ވިދާޅުވީ ލީގަލް ޕްރޮފެޝަންސްގެ ގާނޫނަށް އަމަލު ކުރަން ފެށުމާއިއެކު ގާނޫނީ ދާއިރާގެ ހިދުމަތުގެ ފެންވަރު މަތި ކުރުމަކީ އެ ގާނޫނުން ވަރަށް ބޮޑަށް ބާރު އަޅާކަމެއް ކަމަށެވެ. އަދި ވަކީލުންގެ ”އެތިކަލް“ މިންގަނޑުތައް މަތިކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވި ހުރިހާ ވަކީލުންނަށް މުހާތަބުކުރައްވާ ސިރާޖު ވިދާޅުވީ މިހާރު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވަނީ ”ކޮލިފައިން ލޯ ޑިގްރީއެއް“ އޮތުމުގެ އިތުރުން ބާ ކައުުންސިލުން އިންތިޒާމް ކުރާ ބާ އިމްތިހާނެއް ފުރިހަމަކުރުމަށްފަހު، އެ އިމްތިހާނުން ފާސްވެގެން ކަމަށާއި އަދި ލައިސެންސިން ޓްރެއިންނިންގ ޕްރޮގްރާމްގެ މަރުހަލާތައްވެސް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ސިރާޖު ވިދާޅުވީ ވާކީލެއްގެ މަސައްކަތަކީ ވަރަށް ބުރަ އަދި އެހާމެ ޒިންމާ ބޮޑު މަސައްކަތެއް ކަމަށެވެ. ޝަރީއަތްތަކުން ނުވަތަ ކޯޓުތަކުން ހައްލު ހޯދެނީ ޝަރީއަތައް މައްސަލަ ހުށައެޅުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ ރާއްޖޭގައި އޮތީ ޝަރީއަތައް މައްސަލަ ހުށައަޅާ ހާލަތުގައިވެސް ޝަރީއަތުގައި އެދޭ ހައްލުތައް އަދި ޝަރީއަތައް ހުށައެޅޭ ހެކިތަކާއި ވާގިއާތަކަށް ރިއާޔަތްކޮށް ހައްލު ހޯދައިދޭ ނިޒާމެއް ކަމަށެވެ.

”ޝަރީއަތުގެ ކުރީގެ މަރުހަލާގައިވެސް، ނުވަތަ މަދަނީ އެކި އެއްބަސްވުންތައް އެކުލަވާލައި ހާލަތުގައިވެސް އަދ މަދަނީ އެއްބަސްވުންތައް ނެގޯޝިއޭޓް ކުރާ މަރުހަލާގައިވެސް ވަކީލުންގެ ޒިންމާ ބޮޑު. ހާއްސަކޮށް މިހާރު ރާއްޖޭގައި ޝަރީއަތުގެ ތިން މަރުހަލާއެއް އޮތްއިރުގައި އެންމެ ފުރަތަމަ މަރުހަލާގެ ޓްރައިބިއުނަލް ތަކަށް ނުވަތަ ކޯޓުތަކަށް ހުށައަޅާ މައްސަލަތައް ހުށައެޅުމަކީވެސް ވަރަށް ޒިންމާދާރުކޮށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް“

ސިރާޖު ވިދާޅުވީ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރަންޖެހޭ ސަބަބަކީ ފުރަތަމަ މަރުހަލާގައި ކޯޓުތަކަށް ހުށައެޅިފައިނުވާ އައު ވާހަކަތައް، އައު ނުކުތާތައް އިސްތިއުނާފީ މަތީ މަރުހަލާގެ ކޯޓުތަކަކަށް ނުގެންދެވޭނެތީ ކަމަށެވެ.

ގާނޫނީ އިލްމު އުނގެނުމާއި އެއަށް އަހުލުވެރިވުމުގެ މަރުހަލާތައް ނިންމާނުލުމަށާއި އަދި އިލްމު އުނގެނުން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސިރާޖު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް އެތައް ގާނޫނުތަކެއް ފާސް ކުރެވެމުންދާކަމަށާއި އަދި ރާއްޖޭގައި ގާނޫނުތައް ފާސް ކުރެވެނީ ދުނިޔޭގެ އެންމެ ތަހުޒީބު ގައުމު ތަކުގައިވެސް ގާނޫނުތައް ފަރުމާ ކުރެވިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން ކަމަށެވެ.

މީގެއިތުރުން ސިރާޖު ވިދާޅުވީ އައު ގާނޫނުތައް ވުޖޫދުވަމުންދާއިރު އެ ގާނޫނުތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: