ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލައިގައި މިއަދު އިއްވި ދައުވާތަކަށް މަންޑޭ އިންކާރުކޮށްފި

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޙަސަން މަމްދޫހުގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމްއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުމަށް ދަންނަވާފައެވެ. އެހެންނަމަވެސް ލިއެކިއުންތައް ހަމަނުވާކަމަށް މި އަޑުއެހުމުގައި ދިފާއުން ބުނެފައިވާތީ ގާޒީ ވަނީ މީގެ ކުރިންްވެސް ލިއެކިއުންތައް ހަމަ ކުރުމަށް ފުރުސަތު ދެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިފާއުން މި މައްސަލަ ލަސް ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން އިބްތިދާއީ މަރުޙަލާގައި ދައުވާއަށް ޖަވާބުދާރީވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް މި އަޑުއެހުމުގައި ޖަވާބުދާރީވުމަށް ގާޒީ އެންގެވިއެވެ.

ދައުލަތުން ވަނީ ވަކިވަކިން މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ކިޔާދެއްވާފައެވެ. އެގޮތުން މަމްދޫޙުގެ މައްޗަށް ކުރާ ބައެއް ދައުވާތައް ދައުލަތުން އިއްވާފައިވާއިިރު، އެ ދައުވާތަކަށް އޭނާގެ ފަރާތުން ވަނީ އިންކާރު ކޮށްފައެވެ. އެހެންވެ އެ ދައުވާތަކުގައި ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. އަދި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުުށަހެޅުންތަކަށް ފުރުސަތު ދެއްވައި، މި އަޑުއެހުމުގައި އިއްވާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ.

މަމްދޫޙުގެ މައްޗަށް އަދިވެސް އިތުރު ދައުވާތައް އުފުލާފައިވާއިރު، އެ ދައުވާތައް އިއްވުމާއި ދައުވާތަކަށް ޖަވާބުދާރީވުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.

އެއަށްފަހު ޖައިޝާންގެ މައްޗަށްވެސް ދައުވާ އިއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

މަމްދޫހުގެ ވަކީލުން ނެރުނު ބަޔާނުގައި ވާގޮތުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މަމްދޫހު އާއި، ކޮރެއާ ރައްޔިތެއް ހިއްސާވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) ކުންފުންޏާއެވެ. އަދި، ޗައިނާގެ ޖިންޝީ ހޫގެ ހިއްސާ އޮންނަ ހަންބޯ މޯލްޑިވްސް އަކީ އެ މަސައްކަތުގެ ލޮޖިސްޓިކްސް ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ލޯކަލް ކުންފުންޏެއް ކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ ޗައިނާ ހިއްސާދާރު، ޖިންޝީ ހޫއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަޔާނުގައި ވާ ގޮތުން، ކޮވިޑާއި ހަމައަށް ކޭޕާކު ފްލެޓުތަކުގެ މަސައްކަތްތައް ހިނގަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މަމްދޫހުއާއި ޖިންޝީ ހޫ ދެއާމެދު މައްސަލަ ޖެހުނު ހިސާބުން ހޫ ހަންބޯ ޓެކުގެ އޮފީހަށް ވަދެ، މަމްދޫހުއާއި ދެމެދު މާރާމާރީވެސް ހިންގިއެވެ. އަދި އޮފީހުގައި ހުރި ބައެއް ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: