ރާއްޖެ އޮތީ ދުނިޔޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ ކުރީ ސަފުގައި ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އީޔޫއަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމާއި، މި ސަރުކާރުން ޓެރިފް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި “ސަންގު” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މަހަށް ނަގާ ޓެރިފް ކުޑަކުރުމަށް މަސައްކަތް ކުރާތާ 12 އަހަރު ވެއްޖެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އޮތީ ސަސްޓޭނަބަލް ފިޝަރީޒްގެ ޗެންޕިއަންގެ ގޮތުގައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ތިމާވެށި އަދި އިކޯސިސްޓަމްއަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ކުރައްވަން ގޮވާލާ ކަމަށެވެ. އަދި ރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ގެއްލުން ކުޑަކޮށް މަސްވެރިކަން ކުރާ ޤައުމު ކަމަށް ށެވެ. އަދި ރާއްޖެ އޮތީ ދުނިޔޭގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ ކުރީގެ ސަފުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ ސަސްޓޭނަބަލް ފިޝަރީޒްގެ ސެންޕިއަންގެ އެންމެ ކުރީ ސަފުގައި ތިބެ އާދެސް ކުރަންޖެހޭ ތޯ، އަޅުގަނޑުމެން ދައްކަނީ ތިމާވެށި ވާހަކައާއި އިކޯސިސްޓަމްގެ ވާހަކައާއި އިކޯސިސްޓަމަށް ގެއްލުން ނުވާނެ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދާ ވާހަކަ، އަޅުގަނޑު މެންނަކީ އެންމެ ގެއްލުން ކުޑަކޮށް ނޫނީ ގެއްލުން ނުވާނެ ގޮތަށް މަސްވެރިކަން ކުރާ ޤައުމު “ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދުނިޔޭގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ ކުރީގެ ސަފުގައި ރާއްޖެ އޮތްއިރު، އީޔޫއަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރުމުގެ މަސައްކަތް އަދާހަމައަށް އައިރުވެސް ހައްލެއް ނުލިބި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އެހެން ނަމަވެސް އަދުގެ ސަރުކާރުންވެސް އެ މަސައްކަތް ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވެ އަހަރުގެ ފުރަތަމަ ކޮޅު، މަހަށް ނަގާ ޓެރިފް ކުޑަ ކުރުމަށް ލިބިދޭނެ ލުއިތަކަކީ ބެލުމަށް އީޔޫއާއެކު މަޝްވާރާކޮށްފައިވާނެ ކަމަށެވެ. އަދި ރައީސް ވަނީ އީޔޫގެ ކައުންސިލާވެސް މަޝްވަރާކޮށްފައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެދެވޭ މަސައްކަތެއް ކޮށްގެން ނޫނީ އެކަމުގައި ހައްލެއް ނުލިބޭނެ ކަަމަށް ވަނީ ވިދާޅުވެފައެވެ.

