ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ”ޗޮއިސްއަށް“ ޗައިނާއިން އިޙްތިރާމު ކުރާނެ: ޗައިނާ

ޑޮނަލްޑް ޓްރަމްޕާއި ޝީ ޖިންގޕިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއާ ގުޅިގެން ދެ ޤައުމަށްވެސް ފައިދާވާނެ ޙައްލުތަކެއް ހޯދޭނެކަމަށް އުއްމީދު ކުރާކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް މީޑިއާތަަކަށް ވިދާޅުވީ، އެމެރިކާއާއެކު އަމާން އޮމާން ގުޅުމެއް ޤާއިމު ކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ޗައިނާއާއި އެމެރިކާއާ ދެމެދު ހުރި މައްސަލަތައް ޙައްލު ކުރުމުގައި ދެ ޤައުމަށްވެސް ފައިދާހުރި ނިންމުންތަކެއް ނިންމޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި އެމެރިކާއާ އެ ޤައުމާ ދެމެދު ކުރިންވެސް އޮތް ސިޔާސަތުތައް ދެމި އޮންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިންގ ޓްރަމްޕަށް ގުޅުއްވައި މަރުޙަބާ ވިދާޅުވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެ. އެ ސުވާލުގެ ސީދާ ޖަވާބެއް ނުދެއްވައި އޭނާ ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެމެރިިކާގެ ދާޚިލީ މައުޟޫއެއް ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ”ޗޮއިސްއަށް“ އިޙުތިރާމް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ޗައިނާއާއި އެމެރިކާއަކީ ޒަމާންވީ ވާދަވެރިކަމެއް އޮންނަ ދެ ޤައުމެވެ. އެގޮތުން ވިޔަފާރިއާއި އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ވާދަވެރިކަން ނުހަނު ބޮޑެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއާއެކު ޓްރަމްޕް ވަނީ ކާމިޔާބީ އިއުލާނު ކުރައްވައި، އެެމެރިކާގެ ކުރިއެރުމާއި ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެކި ޤައުމުތަކުގެ ރައީސުންނާއި އިސްވެރިން ގެންދަވަނީ ޓްރަމްޕަށް މަރުޙަބާ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: