ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން؛ ބިލެއް ހުށަހަޅައި ގާނޫނީ ރައްކާތެރިކަން ދެނީ!

"ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން" ގެ މަޝްވަރާތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު ސަރުކާރުގެ ވިސްނުން ހުރި ގޮތަކީ އެކަމާއި ގުޅުން ހުރި ބިލެއް ހުށަހަޅައި ގާނޫނީ ރައްކާތެރިކަން ވެސް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އިފްތިތާހު ކުރި ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭންއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒު ކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްގީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތި ކުރެވިގެން ދާނެކަމަށް ވިދާޅުވި އެވެ.

ވެރިކަމެއް ބަދަލުވުމާއި އެކު ކުރީ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާއި، ފަށާފައި ހުރި މަޝްރޫއުތަކަށް ވަރަށް ބޮޑު ބަދަލެއް އާދެ އެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ކޮންމެ ފަސް އަހަރަކުން ޕްލޭންތައް ބަދަލުވަމުން ދިއުންކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ސަރުކާރުން މިއަދު ފެށި މަސައްކަތާއި އެކު، ގާނޫނީ ހިމާޔަތް ދެވިގެން ދާނެތޯ ”ސަންގު“ އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ ވެސް ގާނޫނީ ރައްކާތެރިކަން ދިނުން ކަމަށެވެ.

ހަމަ ޔަގީނުން ވެސް ގާނޫނީ ރައްކާތެރިކަން ލިބެން ޖެހޭ.. 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ވެގެން ދާނީ އެކަމަށް ހާއްސަ ބިލެއް އެކުލަވާލައިގެން ގާނޫނުން ރައްކާތެރިކަން ދެވިގެން ދާނެކަމަކަށް.. ސަބަބަކީ މިއީ ހުރިހާ ރައްޔިތުން ބައިވެރިވެގެން ކުރާކަމެއް..

ރައީސް ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގައި މުޅި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ ހިޔާލު ބޭނުންވާކަމަށާއި، ގައުމުގެ ކުރިމަގު އޮންނަން ބޭނުންވާ ގޮތަކީ ކޮބައިކަން ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކާއި އެ ރައްޔިތުންނަށް އޮންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: