ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހިދުމަތެއް ދޭނަމަ އެމްޑީޕީގެ މޭކަރާނެ، ބަޖެޓުގެ ނަމުގައި ފަތުރަނީ ދޮގު: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ބަޖެޓާއި ގުޅުވައި އެމްޑީޕީއިން ދައްކަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާނު ވަނީ ސަރުކާރުން 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށައެޅުމުގައި ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް އެމްޑީޕީއިން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އައިފާން ވިދާޅުވީ އެމްޑީޕީއަކީ ތެދު ބަހުން ވާހަކަ ދެއްކެން އޮތް ތަނެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާނެ ބައެއްކަން ދިވެހި ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ. ހަގީގަތާއި ދުރު މަންޒަރު ރައްޔިތުންނަށް ދައްކައި، އެމްޑީޕީގެ މަގްސަދުތައް ހާސިލުވި ޒަމާންތައް މިހާރު މާޒިވެ ގޮސްފައިވާކަމަށް އައިފާން ވިދާޅުވި އެވެ.

56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވޭނެ ބަޖެޓެއްކަން ފާހަގަކުރައްވައި އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނާއި ހިލާފު އަމަލުތަކެއް ނުހިންގަވާނެކަން ޔަގީން ކުރާކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީން ކަންކަން ތަންފީޒު ކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށާއި އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ބަޖެޓުގެ ތަފްސީލުތަކެއް ނެތްކަމަށް ބުނި ނަމަވެސް މަޖިލީހަށް ވަޑައިގެން ސީދާ އެ ހުރިހާ މައުލޫމާތެއް ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ކަމަށެވެ.

އައިފާނު ވިދާޅުވީ، ތަފްސީލުތައް ހުންނާނީ ގަނޑުކޮށް ބަޔާންކޮށްފައިކަމަށާއި، ހުރިހާކަމެއްގައި އެމްޑީޕީގެ މަގުން ހިނގައި އެގޮތަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ހިތް ރުއްސަން ސަރުކާރުން މަސައްކަތް ކުރާކަށް ނުޖެހޭކަމަށް ވެސް ވިދަޅުވި އެވެ.

ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށްވި ވައުދުތައް ފުއްދަންކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ، އެ ވައުދުތައް ފުއްދޭނެ ގޮތުގެ ތަސައްވުރެއް ރައީސް މުއިއްޒުގެ އެބައޮތްކަމަށެވެ. އެހެންކަމުން މީގެ ކުރީގެ ސަރުކާރުންތަކުން ކަންކޮށްފައިވާ ގޮތަށް ރައްޔިތުންނަށް އޮޅުވާލަން އެމަނިކުފާނުގެ ވިސްނުންފުޅެއް ނެތްކަމަށް ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ވައުދުވެ، އެ ވައުދު ފުއްދައިދިން ފުރަތަމަ ވެރިޔާއަށް ވުމަށް ބޭނުންފުޅުވާތީކަމަށް އައިފާން ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިންގެ ތެރޭގައި ދެއްކެވި ވާހަކަތައް ރައީސް މުއިއްޒުއަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާކަމަށް ވެސް އައިފާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ކުރެއްވި ދަތުރުތަކުގައި ވެވަޑައިގެންނެވި ވައުދުތައް ލިޔެކިއުމަށް ތިރިކޮށް އާންމުކޮށްފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި އެ ހުރިހާ ކަމެއް ހާސިލުކޮށްދިނުމަށްކަމަށް ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ޕީއެންސީން މަސައްކަތްކުރަމުން ދަނީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ކަންކަން ތަންފީޒުކުރުމަށްކަމަށާއި ދައުލަތުގެ ބަޖެޓު ތައްޔާރު ކުރަނީ އެގޮތުގެ މަތިންކަމަށެވެ. އަދި ވިދާޅުވީ، ވެރިކަމަށް އަންނަނީ އެންމެ އަހަރަކަށް ނޫންކަމަށާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި ރައްޔިތުންވަނީ ރައީސް މުއިއްޒު އެ މުއްދަތަށް އިންތިހާބުކޮށްފައިކަމަށްވުމުން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތްކުރަމުންދާނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: