ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ 19 ރަށަކަށް އެމްއައިބީ ޙިދުމަތް ތައާރަފްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ އޭ.ޓީ.އެމް ޚިދުމަތް 19 ރަށަކަށް ފުޅާކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢާރަފްކޮށްފިއެވެ.

މި ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވައިފައެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.

މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިސްލާމިކް ބޭންކު 19 ރަށެއްގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޤާއިމްކުރާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ 16 އަތޮޅަކަށް އެމްއައިބީގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މިހާރު 12 އަތޮޅުގެ 18 ރަށެއްގައި އެމް.އައި.ބީ ގެ 39 އޭ.ޓީ.އެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެމް.އައި.ބީ ގެ އިތުރު 23 އޭ.ޓީ.އެމް އެކިރަށްރަށުގައި ޤާއިމުކުރެވޭނެއެވެ. އަދި މި މަޝްރޫޢު ނިމޭއިރު އެމް.އައި.ބީގެ އޭ.ޓީ.އެމް.ގެ ޚިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: