ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ސްކޫލުތަކަށް އަލަށް ވަންނަ ދަރިވަރުން ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ!

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1ށް އަލަށް ވައްދަންޖެހޭ ދަރިވަރުންގެ ބެލެނިވެރިން ލަސްނުކޮށް ފޯމު ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1ށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު 15 ނޮވެމްބަރުގައި ހަމަވާއިރު، ބައެއް ދަރިވަރުންގެ އެޕްލިކޭޝަން ފޯމުތައް ލިބިފައިނުވާކަން ފާހަގަ ކުރެވޭކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން ގްރޭޑް 1ށް އަލަށް ވައްދަންޖެހޭ ދަރިވަރުންގެ ބެލެނިވެރިން ލަސްނުކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ފޯމު ހުށަހެޅުމުގެ ދެވަނަ ފުރުސަތަކަށް ހުޅުވާލަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމު ހުށަހެޅި ކުދިންނަށް ޖާގަ ދިނުމަށްފަހު ކަމަށެވެ. އަދި އެ ޙާލަތުގައި އެ ކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުވާނެކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސުންގަޑިއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: