އެތެރޭގެ އިންތިހާބުގައި އެއް ކެންޑިޑޭޓުންނަށްވުރެ މަދުން ދާއިރާއަކަށް ކުރިމަތިލާފައިވާނަމަ އިިންތިހާބެއް ބޭއްވުމެއް ނެތި އެ މީހަކު އައްޔަނުކުރެވިގެންދާނެކަމަށް ޕީއެންސީއިން ބުނެފިއެވެ.
ޕީއެންސީއިން ބުނެފައިވާގޮތުން އެ ޕާޓީއިންވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް އިއުލާނުކޮށްފައިކަމަށެވެ. އަދި ދާއިރާތަކާއި ރަށްތަކަށް އިންތިހާބުކުރުމަށް ކަނޑައެޅިފައިވާއިރު ކެނޑިޑޭޓުންގެ އަދަދުތައް ކަނޑައެޅިފައިވާ ވަރަށްވުރެ މަދު ނަމަ އިންތިހާބެއް ބޭއްވުމެއް ނެތި އެ ފަރާތެއް ހޮވޭނެކަމަށެވެ.
އެހެންކަމުން އިންތިހާބުތައް ބާއްވާނީ އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުން ޝަރުތު ހަމަވެފައިވާ ދާއިރާތަކުގައިކަމަށާއި އެ މައުލޫމާތުތައް އިއުލާނުކޮށްފައިވާނެކަމަށް ބުނެފައިވެއެވެ. ފަސް މަގާމަކަށް މީހުން އައްޔަނުކުރުމަށް ކަނޑައެޅިފައިވެއެވެ. ދާއިރާގެ ރައީސުން އިންތިހާބުކުރުމަށް ކަނޑައެޅިފައިވާއިރު ނައިބުރައީސުންގެ މަގާމަށްވެސް އިންތިހާބުކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމުވެސް ހުޅުވާލެވިފައިވާއިރު ޒުވާނުންގެ ހަރަކާތުގެ ރައީސްއަކާއި ސްޓްރިއަރިންގް ކޮމިޓީތަކުގެ މަގާމުތަކަށްވެސް މީހުން އިންތިހާބުކުރަން ކަނޑައެޅިފައިވެއެވެ.
މި އިންތިހާބުގައި ވޯޓުލާނެ ގަޑިތައް ފަހުން އިއުލާނުކުރާނެކަމަށް ޕީއެންސީއިން ބުނެފައިވެއެވެ.

