ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ޑީޕޯޓު ކުރި ބިދޭސީންގެ އަދަދު 5000 އަށް އަރާ: އިހުސާން

ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ މީހުން ބަލައި ފާސްކޮށްފައި ވެއެވެ. އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި ގަވައިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި ވިއްކަމުން ދިޔަ މީހުންނާއި، ގާނޫނާއި ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ މީހުން އަދި ސްޕާތައް ހިންގާ މީހުން ހިފެހެއްޓުން ހިމެނެ އެވެ. އަދި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރަމުންދާ ބިދޭސީންނާއި، މާލޭގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ މީހުން ފާހަގަކުރެވެ އެވެ.

މި މަސައްކަތް ފެށުމުން، ބައެއް ބިދޭސީން އަތޮޅުތަކަށް ދާންފެށިކަން ފާހަގަކުރެވި، އެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި ފޮރުގެން ތިބެ ހިދުމަތް ދެމުންދާ ބައެއް ގޮޅިތަކުގެ މައުލޫމާތުތައް އިންޓެލިޖެންސަށާއި އިމްގްރޭޝަން ވޮޗްއަށް ލިބިފައިވާތީ އެ ތަންތަން މޮނީޓަރ ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

ހަފްތާ 52 ގެ ނަމުގައި ކުރިއަށް ގެންދިޔަ ޑިސްކަޝަންގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އަދި އެކި ކުށްތަަކަށް އަރައި ގަންނަ ބިދޭސީންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ބިދޭސީން ހިފައި، ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 5،000 އެއްހާ ބިދޭސީން އަދާހަމައަށް ރާއްޖެއިން ބޭރު ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ 138 ރަށެއްގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޯމްލޭންޑް މިނިސްޓްރީން މި އަހަރުގެ ޖޫން މަހު ފެށި އޮޕަރޭޝަން ”ކުރަނގީ“ ގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ މިހާތަނަށް ވަނީ ނަގައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ޤަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި އެއްކޮށް ހައްލު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: