ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން އެ މަޢުލޫމާތު ފޯރުކޮށްދެވޭނެ: ވަޒީރު

ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން އެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭގޮތް ހަމަޖެއްސުމަށްޓަކައި ތައާރަފްކުރި އެމަޖެންސީ ސަރވިސް ހޮޓްލައިން ”911“ އިފްތިތާޚުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިރެއަކީ ދިވެހިރާއްޖެ ރަންއަކުރުން ފަވާލެވޭނެ ރެއެއް ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި މިފަދަ ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރެއްގެ މުހިންމުކަން އެނގިވަޑައިގަތް ކަމަށެވެ.

އެވަގުތުން ފެށިގެން މި ޚިދުމަތް އެއް ނަންބަރެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ދިނުމަށް ރައީސް ނިންމެވިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެބިނެޓުން މި މަސައްކަތް ކުރުމަށް ނިންމުމުން ރައީސް ވަނީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާއި ހަވާލުވެތިބި ވުޒާރާތަކަށް މި ޚިދުމަތް ތަޢާރަފްކުރުމަށް ރައީސް އިރުޝާދު ދެއްވިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޚިދުމަތްދޭން ނިންމީ ފުލުހުންގެ މުއައްސަސާގައި މި ޚިދުމަތް ގާއިމްކޮށް އަދި މި ޚިދުމަތް ގާއިމްކުރެވިގެން އަންނައިރު ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް 911 ނަންބަރުގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާ ގޮތަށް ކަމަށެވެ.

911 އިޙްތިޔާރުކުރި އިރު ވަރަށް ބޮޑަށް ބެލިން އޭގެ ޒާތުގަ ޕްރޮމޯޓްވަމުން ކުރިއަށްއޮތް ތަނުގަވެސް އަންނާނެ ނަންބަރެއް ސެލެކްޓްކުރުން. އެގޮތުން އަޅުގަނޑުމެންނަށް އެކިއެކި މީޑިއާތަކުގެ ޒަރިއްޔާއިންވެސް ފެންނަ އެއް ނަންބަރަކީ 911. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެންމެ ފަސޭހަ ގޮތަކީ އަދި ގިނަ ރައްޔިތުންނަށް ހަނދާނުގައި ބަހައްޓަންވެސް ފަސޭހަވާނީ މިފަދަ ނަންބަރަކާއިގެން ކުރިއަށްދިޔައީމަކަން.

ވަޒީރު ވިދާޅުވިއެވެ.

މިއަދު މި ޚިދުމަތް ތަޢާރަފްވެގެން މިއައީ އެންމެ ބޭނުންވާ ފުރިހަމަ ފެންވަރެއްގައި ނޫން ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް މިޚިދުމަތް މިއޮތީ ފެށިފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކަމާގުޅޭ ހުރިހާ އިދާރާއެއް ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް މިއައްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ހޯއްދަވައިދެއްވާނެކަމަށެވެ.

އެގޮތުން ކޮމިއުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކޮށް ޖީއައިއެސް މެޕްކުރެވޭނެ ނިޒާމަކަށް ބަދަލުކޮށް ޑިސްޕެޗް ސިންކްނޮރައިޒް ވާގޮތަށް ކުރިއަށް އޮތްތަނުގައި ހައްދަވައިދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

911 ކޯލް ސެންޓަރުގެ ކެޕޭސިޓީ އިތުރުކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތުތައް މުވައްޒަފުންނަށް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ބޮޑު ހާދިސާއެއް މެދުވެރިވެއްޖެނަމަ އެކަމަށް ޖަވާބުދާރީވާ ފަރާތަކީ ލޯއެންފޯސްމެންޓްގެ ފަރާތުން އެ ކޯލް ނަގާ ފަރާތްކަމުން އެ ފަރާތަކަށް އިތުރަށް ދޭންޖެހޭ ޓެކްނިކަލް ތަމްރީނުތައްވެސް ކުރިއަށް އޮތްތަނުގަ ދެމުންގެންދާނެކަމަށެވެ.

ވަޒީރު ވަނީ 911ގެ ޚިދުމަތުގެ ފެންވަރު ދާނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިސްޕެޗް ސެންޓަރުތަކުން މި ޚިދުމަތް ލިބިގެން އަންނައިރު މި ޚިދުމަތް ރައްޔިތުންނަށް ލިބޭނީ ފުރިހަމައަށްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ އާއްމުންނާއި ގުޅިފައިވާ މިފަދަ މުހިންމު ޚިދުމަތެއް، ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: