ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 350 އުޅަނދު ރަޖިސްޓްރީކޮށްފި

މަސްވެރިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 350 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ދަފްތަރު އިފްތިތާޙުކޮށްފައިވާއިރު، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާތަނަށް 80%ށް ވުރެ ގިނަ އަދަދެއް ދަފްތަރު ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް 350 އުޅަނދެއްގައި 2100ށް ވުރެ ގިނަ ފަޅުވެރިން ރަޖިސްޓްރީވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިިއެވެ.

އެހެންކަމުން މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ސަރުކާރުގެ ހައުސިންގ ސްކީމްތަކުގައި ބައިވެރިވެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޒޯނު ތަކަކަށް ބަހައިލައިގެން، ވުޒާރާގެ ޓީމުތަކާއި ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުތަކާ ގުޅިގެންނެވެ. އެގޮތުން ވުޒާރާގެ ޓީމުތަކުން ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކޮށް މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ އަސާސީ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަކީ ރައީސްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވައިލުމަކީ އެކަމުގެ ތެރެއިން ކުރެވޭ އެންމެ މުހިންމު އެއް މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ.

މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: