ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 20 ރައްޔިތަކު ދޫކޮށްލައިފި

ފަލަސްތީނުގެ ހަނގުރާމަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 20 ރައްޔިތަކު ދޫކޮށްލައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރު ވަނީ ފަލަސްތީނުގެ 20 ޤައިދީއަކު ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލާފައިވަނީ ކަރީމް އަބޫ ސަލީމް ސަރަޙައްދުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ދޫކޮށްލުމަށްފަހު ދެކުނު ގާޒާގެ ޚާން ޔޫނިސްގައި ހުންނަ ޔޫރޮޕިއަން ހޮސްޕިޓަލަށް ފަރުވާއަށް ވަނީ ގެންގޮސްފައެވެ. އެގޮތުން އިޒްރޭލުގެ ޖަލުތަކަށް ގެންދާ ހައްޔަރީންނަށް އަބަދުވެސް އެކިވަރުގެެ އަނިޔާތައް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން މިހާރު ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ މީގެ މަހެއްހާ ދުވަސްކުރިން އުތުރު ގާޒާއިން ހައްޔަރުކޮށްފައިވާ މީހުންނެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ ކޮމިޝަން އޮން ޑިޓެއިނީސްއާއި، އެކްސް ޑިޓެއިނީ އެފެއާޒާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މިދިޔަ އަހަރު އިޒްރޭލުން ގާޒާއަށް ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އިޒްރޭލުން ހައްޔަރުކުރި 43 ޤައިދީއަކު ޝަހީދުވެފައިވެއެވެ.

އިޒްރޭލުން ގާޒާއަށް ޙަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: