ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުއްޓަށް ގެންދާ ކުނީގެ 55 ނުވަތަ 60 އިންސައްތައަކީ ކުނިވާ ޒާތުގެ ކުނި: ޠާރިޤު

މިނިސްޓަރ އޮފް ކްލައިމެޓްޗޭންޖް، އެންވައިރޮމެންޓު އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުއްޓަށް ގެންދާ ކުނީގެ 55 ނުވަތަ 60 އިންސައްތައަކީ ކުނިވާ ޒާތުގެ ކުނި ކަމަށާއި އެކުނި ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭކަމަށް މިނިސްޓަރ އޮފް ކްލައިމެޓްޗޭންޖް، އެންވައިރޮމެންޓު އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ އެކި ކަހަލަ ކުނި މެނޭޖް ކުރަން ޖެހެނީ އެކިގޮތްގޮތަށް ކަމަށާއި، އެހެންކަމުން ތިލަފުށީގައި ކޮންސްޓްރަކްޝަން ވޭސްޓަށް ވަކިން ހާއްސަ ބައެއް ގާއިމުކުރާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކޮންސްޓްރަކްޝަންގެ ދާއިރާއިން އަންނަ ކުނި ފުނޑުކޮށް އޭގެން ވަކި ކުރަންޖެހޭ އެއްޗެއް ހުރިނަމަ އެބައިތައް ވަކި ކުރުމާއި އެފަދަ ހުރިހާ މަސައްކަތެއްވެސް ވާނީ ވަކި ކުރެވިފައި ކަމަށް ޠާރިޤު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަމައެފަދައިން ކުނިވާ ޒާތުގެ ކުނިވެސް ދާނީ ވަކިން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހުރިހާ ކުންޏަކަށްވުރެވެސް އެންމެ ގިނައިން އަންނަނީ ކުނިވާ ޒާތުގެ ކުނި ކަމަށެވެ. އަދި ތިލަފުއްޓަށް ގެންދާ ކުނީގެ 55 އިންސައްތަ އާއި 60 އިންސައްތައަކީ ކުނިވާ ޒާތުގެ ކުނި ކަމަށާއި އެހެންކަމުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ ދެން އޭގެއިތުރަށް ޕްލާސްޓިކް. ޕްލާސްޓިކްވެސް މުޅިން ވަކިން ޑީލްކުރާނި. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެން ޕްލާސްޓިކް މިހާރުވެސް ސެގްރިގޭޓް ކުރެވޭ. ސެގްރިގޭޓް ކުރުމަށްފަހު ޕްލާސްޓިކް ރިސައިކަލް ކުރެވޭނެ ސިސްޓަމެއްވެސް ހަދަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން އެކަންކަން ވެސް އިރާދަކުރެއްވިއްޔާ ކުރާނަން“

މިނިސްޓަރ ވިދާޅުވީ ކޮންމެ ބަޔަކީވެސް އޭގެ ޒާތުގައި ވަރށް ރަނގަޅަށް މެނޭޖްކުރަން ޖެހޭ ސެގްމެންޓުތަކެއް ކަމަށެވެ. މިނިސްޓަރ ޠާރިޤު ވިދާޅުވީ ކުނި މެނޭޖްކުރުމަށް މިނިސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމުގައި އެންމެ މުހިންމު ބައެއް އަދާކުރާނީ ކައުންސިލްކަމަށާއި އެހެންކަމުން ކައުންސިލްތައް ބާރުވެރިކޮށް ކުނި މެނޭޖް ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދޭނީ ސަރުކާރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށްކުނި މެނޭޖް ކުރޭތޯ ބެލުމަކީ އެރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖް ކުރުމުގެ ސިޔާސަތު އެކުލަވާލައިފައިވާއިރު ރަށްރަށަށް ފޯރުކޮށްދޭ ވޭސްޓު މެނޭޖްމެންޓު ސެންޓަރުތަކާއި އިކުއިޕްމެންޓުތައް ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: