ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމްގެ ޝުކުރާއި ތައުރީފް ރައީސް ޑރ. މުޢިއްޒުއަށް!

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސްގެ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި ހެޔޮ އެދުމާއި ޝުކުރު ދަންނަވައިފިއެވެ.

މަޖިލިސް ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސާއި އެންމެހައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާއި ސާބަސް ވަނީ ދަންނަވައިފައެވެ. އަދި ވެރިކަމަށް ފަހިކަމާއި ފާގަތިކަން މިންވަރުކުރެއްވުމަށް އެދި ވަނީ ދުޢާ ދަންނަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު، އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ މުހިންމު މަޝްރޫއުތަކެއް ހިމަނައިފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ހައުސިން މަޝްރޫއެއް ފެށުމަށް ވަނީ ނިންމައިފައެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތާއި، ދަނޑުވެރިކަމުގެ ސިނާއަތާއި އަދި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުން ވަނީ ހިމަނައިފައެވެ. އަދި ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިފާއީ ވުޒާރާއިން ކުރައްވާ މަސައްކަތްތައް ހަރުދަނާ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: