ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މައްސަލައިގައި ހިމެނޭ 8 މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން:
- އަލްމާން އަލީ ޚާލިދު- ގދ ވާދޫ، ވެހި
- މުޙައްމަދު އިޒްކާން- މާލެ މ ހަތިކަނޑު
- އިޛާން އަހުމަދު- ކ ގުރައިދޫ ޖުނައިޓްވިލާ
- އަހްމަދު ޒާހިދު- ދަންމަރު ށ ފޯކައިދޫ
- އާދަމް ޙުސައިން- ޖަމީލާ މަންޒިލް ލ މާވަށް
- އިބްރާޙިމް ނަޝީދު- ހިޔަލީގުލްޝަން ލ އިސްދޫ
- އަޙްމަދު ސަމީހު- ނައިޓްސްޓަރ ބ ގޮއިދޫ
- އިސްމާއިލް ވިސާމް މުޙައްމަދު- ވ ގާމާ ކ މާލެ
- ވިޝާމް މުޙައްމަދު- ޗިޗަންޑާގެ ގދ ވާދޫ
- ވިސާން މުޙައްމަދު- ހުޅުމާލެ ހިޔާ ފްލެޓް
- މުޝްތާޤު ޝާކިރު- ޖަނަވަރީގެ ގދ ވާދޫ
- ޙަސަން ޣާލިބް- އާރެސް، މ ކޮޅުފުށި
އެމީހުންގެ ބަންދާމެދު އިތުރަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޒާހިދު 5 ދުވަހަށް، އަދި އަލްމާން އަލީ ޚާލިދާއި، މުޙައްމަދު އިޒްޚާން އަދި އިޒާން އަޙުމަދު 8 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި އެންމެންވެސް ތަހުގީީގު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މީހުންގެ ތެރޭގައި އެ ފްލެޓްގެ ވެރިމީހާ ވެސް ހުރި ކަމަށާއި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

