500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އެކުލަވާލި ގަވައިދަށް ގެނައި އިސްލާހަށް އެއްވެސް ބަދަލެއް ނުގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ޑޮލަރު ގަވައިދަށް އަމަލު ކުރުން ނޫން ގޮތެއް ނެތްކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އެ ގަވައިދަށް ދެން ގެންނާނެ އިތުރު ބަދަލެއް ނެތްކަމަށާއި އެންމެ ރަނގަޅު ގޮތަކީ ގާނޫނާއި ގަވައިދަށް ބޯލެނބުން ކަމަށެވެ.
ވަރަށް ސާފުކޮށް މި ދެންނެވީ ގަވައިދު ބަދަލެއް ނުކުރާނަމޭ.. ވަރަށް ސާފުކޮށް މި ދެންނެވީ ގަވައިދަށް ބަދަލެއް ނުގެންނާނަމޭ.. 500 ޑޮލަރު މާރު ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ.. ގަވައިދަށް ތަބައަވުމަކީ އެންމެނަށް ލާޒިމުކަމެކޭ.. މިއީ ގާނޫނުއަސާސީއާއި އެއްގޮތަށް ކުރާކަމެއް..
ރައީސް މުއިއްޒު ވިދާޅުވީ ގަވައިދަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފޮރެކްސް ގާނޫނެއް ވެސް ގެންނާނެކަމަށެވެ.
ޑޮލަރު މާރު ކުރުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން އަޑުއުފުލައި، އެއަށް އަމަލު ނުކުރާނެކަމަށް ބުނަމުން ދަނީ ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ނުފޫޒެއްގައި ޖެހިގެންނެވެ. އެކަން ފާހަގަކޮށް ރައީސް ގޮވާލެއްވީ ރައްޔިތުންގެ ފަޅީގައި ނެތް، ގައުމަށް އެއްވެސް ހެވެއް ނޭދޭ ސިޔާސީ ވެރިންގެ ނުފޫޒުގައި ނުޖެހުމަށެވެ.
ތަފްސީލު އަންނަނީ

