މިދިޔަ އަހަރާއި އަޅާ ބަލާއިރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު 61 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވާ އަދަދު 33 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު 61 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މީގެ ކުރީގައި ވާގޮތަކީ އަތުލައިގަންނަ މަސްތުވާތަކެތި ކޮންމެސް ދޮރަކުން ނުކުންނަނީ، ނޫނިއްޔާ އަތުލައިނުއެއް ގަނެވޭ. އަދި ހަމައެއަށްވުރެ އިތުރަށް މިދިޔަ އަހަރާއި ބަލާއިރުގައި އަތުލައިގަނެވުނު ބަނގުރަލުގެ އަދަދު 141 އިންސައްތަ އިތުރުކުރެވިއްޖެ“
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މަސްތުވާތަކެތީގެ މައްސަލަ މި ގައުމުން ނެތިކޮލުން ކަމަށާއި ބަންގުރަލުގެ މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރަށް މަގުމަތީގައި ނުގަވައިދުން ދުއްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަކުން ކުޑަ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ ސަރުކާރުތަކަށް ލޯކުރިމަތީގައި ފެނާންހުރި ކަންކަން ކަމަށާއި އެހެންނަމަވެސް އަޅާނުލާ ދޫކޮށްލާފައިވާ ކަންކަން ކަމަށެވެ.

