ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލް ޕާސްޕޯޓް މަނާކުރާމެދު އިތުރަށް ވިސްނަންޖެހޭ: ސައުދުﷲ ޙިލްމީ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމާ ދޭތެރޭ އިތުރަށް ވިސްނަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވީ އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، ދިވެހިރާއްޖެއަށްވުރެ މުއްސަނދި އަދި ފަލަސްތީނުގެ ރައްޔިތުންނާއި ގާތް ބަޔަކު ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު، އެކަމުން ރާއްޖޭގެ ރައްޔިތުންނަށް ވެދާނެގޮތަކާއި މެދުވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

މެމްބަރ ވިދާޅުވީ، އިޒްރޭލުގައިވެސް މުސްލިމުން އުޅޭކަމަށާއި އެ މީހުން ރާއްޖެއައުން މަނާކުރަންނުޖެހޭ ކަމަށެވެ. އަދި މެމްބަރ ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ޤަރާރެއް މަޖިލީހުން ފާސްކުރުމަށް ތާއީދު ކުރައްވާ ކަަމަށް ވިދާޅުވެފައެވެ.

”އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ދޭތެރޭ އަދި އިތުރަށް ވިސްނާލަން ޖެހޭ،“ ސައުދުﷲ ވިދާޅުވި އެވެ.

މެމްބަރ ވިދާޅުވީ، 2019 ވަނަ ރައްޔިތުން މަޖިލިހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް މަސައްކަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ސުޕްމެޖޯރިޓީ އޮތްއިރުވެސް އެ ބިލު ހުށައަޅައިފައިނުވާ ކަަމަށެވެ. ނަމަވެސް މިކަމަށް މެމްބަރ މީކާއިލް ރައްދު ދެއްވައި ވިދާޅުވީ، 18 ވަނަ ރައްޔިތުން މަޖިލިހުގައި އެ ޤަރާރު ހުށަހަޅުއްވައިފައިވާ ކަމަށައީ އޭރު އެ ޤަރާރު ފާސްވެފައިވާ ކަމަށެވެ.

އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ.

އެފަދަ ކަންކަމުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: