ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުނަށް ”ބޮޓުން“ ކަމަށް ދޭހަވާ ގޮތަށް މުހާތަބު ނުކުރެއްވުމަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދު
ޝެއާރކޮށްލާ ކަހަލަދޯ؟

މެންބަރުނަށް ”ބޮޓުން“ ކަމަށް ދޭހަވާ ގޮތަށް މުހާތަބު ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައެވެ. މިފަދަ ގޮތަކަށް ވާހަކަދެއްކެވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

އަދި, ސަރުކާރަށް ނިސްބަތްވާ މެންބަރުން އަމަލުކުރައްވަނީ ”ސިޔާސީ ޕާޓީއެއްގެ ބޮޓުންނަށް“ ވެގެންކަމަށް މީކާއީލް ވިދާޅުވިއެވެ. އެގޮތުން އިޒްރާއީލްގެ ޕާސްޕޯޓުގެ މައްސަލައިގެ ބަހުސްގައި ބައިވެރިނުވުމަށް މެންބަރުންނަށް ސަރުކާރުން އަންގާފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ.

މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށް ވެގެން ބޮޓުންނަށް ވެގެން މިތާ އުޅުއްވަންތޯ މިއަދު ރައްޔިތުންގެ މަންދޫބުން އެދިލައްވަނީ؟

މީކާއިލް ވިދާޅުވިއެވެ.

އެއާއިއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އެދިވަޑައިގަތީ ”ބޮޓުން“ގެ ނަމުން މެންބަރުންނަށް މުޚާތަބުނުކުރެއްވުމަށެވެ. އެއީ, މަޖިލީހުގެ މެންބަރުންގެ އިއްޒަތާއި ކަރާމާތަށް އެރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: