ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީގައި ފަށައިފި

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ މަރުޙަލާ ފަށައިފިއެވެ.

މި އިސްލާޙު ހުށަހެޅުއްވީ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ. ބިލުގެ އިބްތިިދާއީ ބަހުސް ބުދަ ދުވަހުގެ ހެނދުނު ދަންފަޅީގައި މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ކުރިއަށްދަނީ ކޮމިޓީ މަރުޙަލާއެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީއެއްގެ ގޮތުގައި މަސައްކަތް ފަށައި، މެމްބަރުން ގެންދަނީ އިސްލާޙަށް ބަހުސް ކުރައްވަމުންނެވެ.

މި އިސްލާޙުގައި ހިމެނޭ ކަންކަމުގެ ތެރެއިން މެމްބަރުންގެ މެދުގައި އެންމެ ބޮޑު ބަހުސެއް އުފެދިފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާ ގުޅޭ) މާއްދާގެ (ރ) ގެ ފަހަތަށް އިތުރުކޮށްފައިވާ ނުކުތާތަކާ ގުޅިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ޙާލަތްތަކެއް ޤާނޫނުއަސާސީގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންތިޚާބުވާ ސިޔާސީ ޕާޓީން އަމިއްލަައަށް ވަކިވުން ނުވަތަ ޕާޓީން އެ މެމްބަރަކު ޤާނޫނުގައި ބުނާ ހަމަތަކުގެ މަތިން ވަކި ކުރުމާއި، އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމެވެ. އެ ޙާލަތްތަކުގައި އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، އަމިއްލަގޮތުން ރައްޔިިތުންގެ މަޖިލީހަށް ވާދަކޮށްގެން އިންތިޚާބުވުމަށްފަހު އޭނާ ސިޔާސީ ޕާޓީއަކަށް ގުޅިވަޑައިގެންނެވި ނަމަވެސް، މެމްބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނުގައިވެސް މެމްބަރުކަމުގެ ގޮޮނޑި ގެއްލޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީން އިސްނަގައިގެން ފާސްކުރި ޤާނޫނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: