ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ބިލިއަން ރުފިޔާގެ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި މީހުން 30 ދުވަހަށް ބަންދު

ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ ބޯޓުގައި ތިބި ފަސް މީހުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

އެމްއެންޑީއެފްއިން މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ހދ. މަކުނުދޫ ބޭރުން ހިފެހެއްޓި ބޯޓަކީ ސްރީލަންކާއަށް ނިސްބތްވާ ބޯޓެކެވެ. ކޯސްޓުގާޑާއި ފުލުހުންގެ ބެލުމުގެ ދަށަށް އެ ބޯޓު ގެނެސް، ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައި ފާސް ކުރުމުގެ ތެރެއިން 468.6 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބިއިރު އޭގެ ތެރޭގައި ތިބީ 21އަހަރާއި، 22 އަހަރުގެ ދެ މީހުންނާއި 37 އަހަރުގެ މީހެއްގެ އިތުރުން 56 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ އެ ފަސް މީހުންނަކީ ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓުން 344 ކިލޯއަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށާއި އަދި 124.6 ކިލޯއަކީ ކޮކެއިން ކަން ދެނެގަނެވިފައިވާކަމަށް ވަނީ އެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: