ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ޙިދުމަތް ފެއްޓުމަކީ ރަނގަޅުކަމެއް ، އެކަމަކު އެއީ ރައީސަް މުއިއްޒުގެ ވިސްނުންފުޅެއް ނޫން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދުރު މުސްތަޤުބަލަށް ވިސްނައި، ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރުމަށް އެޅުނު ފިޔަވަޅަކީ އެކަށީގެންވާ އަދި މުހިންމު ފިޔަވަޅެއްކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ފައްޔާޒް ވަނީ ރާއްޖޭގައި މިހާރު ތަންފީޛުކުރުމަށް ނިންމާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން ތަފްޞީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ރާއްޖޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ބަންކަރިންގ ޚިދުމަތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެއްކަމަށް އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވި ނަމަވެސް، މި މަޝްރޫޢު ރާއްޖޭގައި ތަންފީޛުކުރުމާ ބެހޭގޮތުން ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް މަޝްވަރާކުރެވިފައިވާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ

“ އިޤްތިސާދީ މިނިސްޓަރ ވިދާޅުވިއަޑު މިއީ ސީދާ ރައީސް މުއިއްޒުގެ ވިސްނުންފުޅެކޭ ދިވެހިރާއްޖެއަށް ބަންކަރިން ގެނެއުމަކީ ދިވެހިރާއްޖެއަށް ބަންކަރިންގެ ޙިދުމަތް ގެނެއުމަކީ މާކުރިން ދެކެވުނު ވާހަކަތަކެއް “ ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އެމްޑީޕީގެ ފަރާތްތަކުން ބަލައި ނުގައްނަ ކަމަށް ވިދާޅުވާ ކަމަށް ބުނި ނަމަވެސް، ބަންކަރިންގެ ޙިދުމަތީ ރާއްޖެއަށް ދުރު ރާސްތާގައި ފައިދާ ލިބޭނެ ކެމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބަންކަރިންގެ ޙިދުމަތާއި އެކު އަހަރަކަށް 400 މިލިއަން ޑޮލަރު ޖީޑީޕީއަށް ވަންނާނެ ކަމަށް ބުނި ނަމަވެސް، އެކަން ޤަބޫލު ކުރަން ދަތި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް ދުރު ރާސްތާގައި އެކަން ކުރެވިދާނެ ކަމަށް، އިދިކޮޅު ފާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ޤަބޫލުފުޅު ކުރައްވައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މުޅި ދިވެހިރާއްޖޭގެ ތެޔޮ ވިޓޯލަށް ދިނުމަށް ނިންމާފައިވުމުން އެކަމާއި މެދު ކަންބޮޑުވާ ކަމަށާއި އަދި އެކަމުގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީގެ ސަރުކާރެއް އައުމުން ބަލާނެ ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 92%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: