ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރާއްޖޭގެ 186 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ލިބޭނެ: ނާޠިމް

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޠިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖޭގެ 186 ރަށެއްގައި ލެބޯޓްރީގެ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޠިމް ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި ޙާއްސަ އިންޓަވިއުގައި މިނިސްޓަރ ނާޠިމް ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރާ މުހިންމު ދެކަމެއް ވާކަމަށާއި އޭގެން އެއް ކަމަކީ މިހާރު ދެމުންދާ ޙިދުމަތްތައް ދެމެހެއްޓުން ނުވަތަ ފަސޭހައިން ލިބޭހެނެގޮތް ކަށަވަރުކުރުން ކަމަށާއި އަދި އިތުރު ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިއްހީ ސިޔާސަތުތައް ގާއިމުކުރެވިފައިވަނީ އެތަނެއްގެ އާބާދީއަށް ބަލައި އަދި ދައުލަތުގެ ބަޖެޓާއި، ހާލަތާއި އަދި ޕްލޭންތަކަށް ބަލައިފައި ކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަމެއް ދީގެއް ކުރަން ބޭނުންވި އެއްކަމަކީ ލެބޯޓޮރީގެ ހިދުމަތްތައް މިހާރު ލިބިފައި ނެތް 76 ރަށަށް ލެބޯޓްރިގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިޙާރު ރާއްޖޭގެ 186 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ލިބިގެން ދާއިރު ހަނދާންކުރަންވީ އެއްކަމަކީ އެ ހިދުމަތް ދޭއިރު އާބާދީއާއި ތަނުގެ ކުޑަ ބޮޑުމިނަށް ބަލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ އަސާސީ ނުވަތަ ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ހިދުމަތް ކުދި އާބާދީތަކަށް ފޮރުކޮށްދީ އެއަށްވިރެ ބޮޑެތި އާބާދީތަކަށް ކެޓެގަރައިޒް ކުރެވިގެން އެ ހިދުމަތް ފުޅާ ކޮށްފައިވާ ކަމަށެވެ.

”ރައްޔިތުންނަށް ފަސޭހައިން، ލުއި ފަސޭހަ ގޮތަކަށް މިއަދު ދެވޭ ހިދުމަތަށްވުރެ މާދަމާ ދެވޭ ހިދުމަތް ރަނގަޅު ކުރުން އެއީ އަބަދުވެސް ރައީސް އަޅުގަނޑުމެންނަށް ދެއްވާ ލަފައެއް. އަދި އެމަނިކުފާނުގެ ސިޔާސަތުގެ ތެރޭގައި ވަރަށްބޮޑަށް ފާހަގަކުރައްވާފައިވާ ކަމެއް“

މިނިސްޓަރ ވިދާޅުވީ މިވީ އަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ދެދަންފަޅިއަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ ހިދުމަތް ވަނީ މިހާރު ގާއިމްކުރެވިފައި ކަމަށެވެ. އެ ހޮސްޕިޓަލް ތަކުގެ ތެރޭގައި، ކުޅުއްދުފުށީ ރިޖަނަލް ހޮސްޕިޓަލް، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް، ލާމު ގަމު ރީޖަނަލް ހޮސްޕިޓަލް، ތިނާދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ހޮސްޕިޓަލް ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ މި ގޮތަށް ހިދުމަތްތައް ފުޅާކުރުމާއިއެކު ރަށުގައި ދިރިއުޅޭ އާބާދީގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީތަކަށްވެސް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: