ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ފަންނުވެރިން ޑިވެލޮޕްމެންޓް ބެންކު ދެކެނީ އުންމީދީ ކަމެއްގެ ގޮތުގައި: ސައީދު

އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ މާލީ ދާއިރާގެ ފަންނީ މީހުން ރާއްޖޭގައި ޑިވެލޮޕްމެންޓް ބެންކެއް ގާއިމުކުރުން ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރު ފުރުމާއި ގުޅިގެން ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދުވަނީ ސަރުކާރުން ފަށާފައިވާ ދިވެލޮޕްމެންޓް ބެންކު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ސައީދު ވިދާޅުވީ، އެ މަސައްކަތްތަކުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނީ ރާއްޖޭގެ އެކި އެކި ބޮޑެތި ޕްރޮޖެކްޓުތަކާއި މެދު ފަންތީގެ ޕްރޮޖެކްޓުތައް ހިންގާ މީހުންނަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ނުހެދި ތިބި ރިސޯޓުތައް ފަދަ ތަންތަން ބިނާކުރުމަށްޓަކައި ރާއްޖޭގެ ޑިވެލޮޕްމެންޓު ބެންކު މެދުވެރިކޮށް ބައިނަލްއަގުވާމީ އެފަދަ ބެންކުތަކާއި މާލީ އިދާރާތަކާއި މުއާމަލާތްތައް ކުރުމަށް ފުރުސަތު ފަހިކޮށްދެވޭނެކަމަށެވެ. ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓު ބެންކުގެ މަގުސަދަކީ ރާއްޖޭގައި ކުރިއަށް ގެންދާ އެފަދަ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ފަސޭހަ އަދި ލުއިގޮތެއްގެ މަތިން ގެނެސްދިނުންކަމަށެވެ.

އެ ބެންކު މެދުވެރިކޮށް ކްލައިމެންޓް ފައިނޭންސް ހޯދުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަން ހާމަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކްލައިމެޓް ފައިނޭންސް ހޯދެން އޮތްނަމަވެސް ގިނަ ފަހަރު އެކަންވެގެންދަނީ ހަގީގަތަކަށް ނުހެެދޭ ދެކެވިގެންދާ ވާހަކައަކަށް ކަމަށެވެ. އެހެންކަނުން ޑިވެލޮޕްމެންޓު ބެންކެއް ގާއިމުކުރުމުގެ މަސައްކަތްތައް ފެށުމުގައިވެސް ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއްދެއްވީ ކަމާއި ބެހޭ ފަންނީ ޓީމެއް އެކުލަވާލުމަށްކަމަށާއި މިހާރު ބައިނަލްއަގުވާމީ ޓީމެއް އެކުލަވާލެވިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބެންކު ހުޅުވުނު ތާރީހުން ފެށިގެން އެއް އަހަރާއި ހަމަސް ދުވަހުގެ މުއްދަތަކާއި ގާތުން އެއްކޮށް އޮޕަރޭޝަނަލް ހާލަތަށް ގެނެވޭނެކަމަށާއި ސަރުކާރުގެ އަމާޒަކީ އެއަށްވުރެވެސް އަވަސްކުރުންކަމަށްވީނަމަވެސް މިއީ މުޅިން އައު މަސައްކަތްތަކެއް ކަމަށްވުމުންނާއި މީގެ ކުރިން ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުން ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތާއިމެދު ކަންބޮޑުވުންތައް ހުރިކަން ހާމަކޮށްފައިވާކަމަށްވުމުން އެފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮންޖެހުމާއިވެސް ކުރިމަތިލާންޖެހޭކަން ހާމަކުރެއްވިއެވެ.

އެހެންނަމަވެސް އެފަދަ ފަރާތްތަކުން ޑިވެލޮޕްމެންޓު ބެންކުގެ މަސައްކަތްތައް ދެކެނީ އުންމީދީ ގޮތެއްގެ މަތިންކަމަށާއި އެ ފަރާތްތަކާއިއެކު މަސައްކަތްތައްވެސް ފަށާފައިވަނީ ބައިނަލްއަގުވާމީ މައިދާނަށް އެނގުންވެގެންދާނެ ގޮތެއްގެ މަތިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: