ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ބޯޓުން އަތުލައިގަތް އެއް ބިލިއަން ރުފިޔާގެ ޑްރަގް އޮޕަރޭޝަނަށް ރައީސްގެ ތައުރީފު!

ލަންކާގެ މަސްބޯޓުން އަތުލައިގަތް މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގައި ގާނޫނު ތަންފީޒު ކުރާ މުވައްސަސާތަކުން ކުރަމުން ދަނީ ޝުކުރު ހައްގު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަސްބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެފައި ވާތީ އެކަން ފާހަގަކުރައްވަމުންނެވެ.

ގަވައިދާ ހިލާފަށް ދިވެހިރާއްޖެ އައިސް އުޅެނިކޮށް ހދ. އަތޮޅު މަކުނުދޫ ބޭރު ސަރަހައްދުން ފެނުނު ބޭރުން ފެނުނު ލަންކާގެ ބޯޓަކުން އަތުލައިގަތީ 468.6 ކިލޯގެ މަސްތުވާތަކެއްޗެވެ.

މައްސަލައިގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝުޖާއު ވިދާޅުވީ ރޭގެ ވަގުތެއްގައި ފާހަގަކުރެވުނު މި ބޯޓުގެ ސަލާމަތީ ހިދުމަތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރީ މިއަދު އެވެ. އަދި ބޯޓުން ލަންކާގެ ފަސް މީހަކު ހިފެހެއްޓި އިރު، އެ މީހުންނާއި ދިވެހިންނާއި އެއްވެސް ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ލަންކާގެ އެ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ އަގު ދިވެހި އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

މައްސަލައިގައި މިރޭ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރަމުންދާ އިދާރާތަކުން، މިކަމުގައި ކުރަމުންދާ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގެ ސަރަހައްދުން އަތުލައިގަންނަ ބޯޓުތަކުން، މަސްތުވާތަކެތި އާންމުކޮށް ފެނެ އެވެ. އެހެން ނަމަވެސް މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް މިއީ ފުރަތަމަ ފަހަރެވެ. ބައެއް ގައުމުތަކުން އެހެން ސަރަހައްދުތަކަށް ވެސް މަސްތުވާތަކެތި އެތެރެ ކުރުމަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރެ އެވެ. އަދި ބައެއް މީހުންނާއި މަސްތުވާތަކެތި ހަވާލު ކުރުމަށް ވެސް ބޯޓުތައް އެތެރެވާކަން ފާހަގަކުރެވެ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: