ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އަމާން ވެށި އަދި އަމާންހިޔާތަކަށް އެހީތެރިކަން ފޯރުކޮށްދެނީ

ދިރާގުގެ ޚިދުމަތް ފުޅާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގުން ފޯރުކޮށްދެމުން ގެންދާ ހައި ސްޕީޑް އިންޓަނެޓްގެ އެހީތެރިކަން 2025 ވަނަ އަހަރަށްވެސް އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން ފޯރުކޮށްދޭން ނިންމައިފިއެވެ.

އަމާން ވެށި އަދި އަމާން ހިޔާތަކަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފް.ސީ.އެސް.ސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މި އެހީގެ ސަބަބުންހަލުވި ސްޕީޑްގައި ދިރާގު ފައިބަރ އިންޓަރނެޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ އެފް.ސީ.އެސް.ސީތަކަށް ފޯރުކޮށްދޭނެއެވެ.

އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ސ. ހިތަދޫ ގައި ހިންގާއެފް.ސީ.އެސް.ސީތަށް ހިމެނެއެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ޑިޖިޓަލް ލިޓަރަސީ ކުރިއަރުވާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތައުލީމީ ބޭނުންތަކަށް އެހީތެރިވުމެވެ.

ކުޑަކުދިން ރައްކާތެރިކުރުމާއި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރުޕްރޮގްރާމްގައި ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައިވެސް ދިރާގުން ވަނީ އަމާން ވެށި، އަމާން ހިޔާ އަދި ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެކި އެން.ޖީ.އޯތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ދިރާގުން  އަބަދުވެސް އިސްކަންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: