ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ޙާލަތާއި މެދު ރައްޔިތުން މިއަދު ހިތާމަކުރޭ: ސައުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސަޢުދުﷲ ޙިލްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމް އޮތް ޙާލަތާއި މެދު ދިވެހި ރައްޔިތުން ހިތާމަކުރާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސަޢުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުއަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، އެފްއޭއެމް އޮތް ޙާލަތާއި މެދު ދިވެހި ރައްޔިތުންނާއި ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން ހިތާމަކުރާ ކަމަށެވެ. އެފްއޭއެމްއިން ގިނަ ފަރާތްތަކަށް ދަރަނިވެރިވެ، ކޮރަޕްޝަންގެ މައްސަލަތައް ގިނަ ވެފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

މިހާރު އެފްއޭމްއެމް ހިންގަމުން އަންނަނީ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. އެ ތަނުގެ މަސްއޫލިއްޔަތަކީ އެފްއޭއެމްގެ މާލީ މުއާމަލާތްތައް ހިނގާ ގޮތް ބެލުމާއި މާލީ ގޮތުން ދޭންޖެހޭ ލަފާދިނުމާއި އެފްއޭއެމްއަށް ލިބެންޖެހޭ އާމްދަނީއާއި ދަރަނީގެ ތަފްސީލް ހޯދައި ބެލެހެއްޓުމާ އަދި އެފްއޭއެމްގެ އެސެޓް މެނޭޖްކުރުމެވެ.

ކުޅިވަރުގެ ދާއިރާގައި އޮތް ހިޔާނަތާއި ވައްކަމުގެ މައްސަލައިގެ ސަބަބުން، ރައްޔިތުންގެ ތެރޭގައި އޮތް އެންމެ މަޤުބޫލު ކުޅިވަރުތައް ނެތިގެންދާ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށް މެމްބަރަ ވަނީ ވިދާޅުވެފައެވެ. މެމްބަރ ވިދާޅުވީ، އުންމީދަކީ ރަށްރަށުގައި ނުފެއްޓި ހުރި ކުޅިވަރުތައް ކުރިއަށް އޮތް އަހަރު ތަކުގައި ފެށިގެން ދިއުން ކަމަށެވެ.

“ ރަށްރަށުގައި ނުފެއްޓިހުރި ކުޅިވަރުތައްވެސް މި ސަރުކާރުން ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން، އެގޮތުން ތިނަދޫގައި ކުރިކެޓް ކުޅުމުގެ ވަސީލަތެއް ޤާއިމުކުރެވިފައިއެއް ނެތް، ޓެނިސް ކުޅުމުގެ ވަސީލަތެއް ޤާއިމުކުރެވިފައިއެއް ނެތް، އެހެން ކަމުން އުންމީދު ކުރަނީ މި 5 އަހަރުގެ ތެރޭގައި އެފަދަ ފުރުސަތުތައް ތިނަދޫއަށް ފަހުވުން“ މެމްބަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ތިނަދޫގެ ކުޅިވަރުގެ ދާއިރާއަށް މެމްބަރ ވަނީ އަލިއަޅުވައިލައްވައިފައެވެ. މެމްބަރ ވިދާޅުވީ، ތިނަދޫގެ ރައްޔިތުންނަކީ ކުޅިވަރަށް ވަރަށް ބޮޑަށް އަޙްމިއްޔަތުކަންދޭ ރަށެއްކަމަށެވެ. އެގޮތުން ތިނަދޫގައި ކުރިކެޓާއި ޓެނިސް ކުޅުމުގެ ވަސީލަތްތައް ޤާއިމުވެފައިނުވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބުން ކަމަށް މެމްބަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: