އާމްދަނީއެއް ލިބޭނެ އެއްވެސް ރަނގަޅު މަސައްކަތެއް ނުކޮށް މުއްސަނދިކަން ލިބުނު މީހުން ދައުލަތުގެ އެކި މަގާމުތައް އަދާކޮށްފައިވާކަމަށް މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔައީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރުމެވެ. މި ދެ ދުވަހު ރިޕޯޓަށް ބަހުސް ކުރުން ކުރިޔަށް ގެންދިޔަ ނަމަވެސް، މަޖިލީހުގައި މެމްބަރުންގެ މާބޮޑު ސަމާލުކަމެއް ބެޖެޓަށް ނުލިބެ އެވެ.
މިއަދުގެ ބަހުސްގައި އައްބާސް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭނާގެ ދާއިރާއަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. އަދި ދާއިރާގެ ތަރައްގީއަށްކަމަށް ބުނެ އިއުލާނު ކުރި ޕްރޮޖެކްޓުތައް ސަބް ކޮންޓްރެކްޓު ކުރަމުން ގޮސް އެ މަސައްކަތް ވީ ހިސާބެއް ވެސް ނޭނގޭކަމަށް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ވަކި ބަޔަކަށް މަންފާ ހޯދައިދީ މުއްސަނދި ކުރުމުގެ ގޮތުން ކުރި އެ މަސައްކަތްތަކުގެ ސަބަބުން ގައުމަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. އަދި މަޝްރޫއުއެއް ކުރިޔަށް ނުގެންގޮސް އޮތް ނަމަވެސް، ފަހު ވަގުތު އެ ކުންފުންޏަކަށް ދިވެހި ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތަށް ކަންކަން ކުރީ ސަރުކާރުން ގެންދިޔަކަމަށް ވިދާޅުވި އެވެ.
އޭސީސީއާއި ކޯޓުތައް ބޭނުންކޮށްގެން…. މިއީކޮށްފަ ހުރި ގޮތް.. ދިވެހި ދައުލަތަށް ލާރި ވަދެއްއްޖެ.. މިއީ ދުނިޔޭގެ މި ސަރަހައްދުގައި އޮތް އެންމެ މުއްސަނދި ގައުމުތަކުގެ ތެރެއިން މުއްސަނދި ގައުމަކަށް ވީސް ވަދެފަ ހުރިހާ ލާރިން.. އެވަގުތު ބޭނުން ކުރިނަމަ.. ނިމިދިޔަ ސަރުކާރުތަކުން ލިބުނުހާ ލާރިތައް އެ ބަޔަކު އަތު ޖެހުނުހާ ގޮތަކަށް ބޭނުންކޮށްލައިގެން އެތިބީ. ގައިގަ ކޫރުމެއް ނާޅާ އެބަތިއްބޭ މުއްސަދިންނަށްވެފަ.. އަތުން ފައިން.. ގުދު ބިންދައިގެން މަސައްކަތެއްނުކޮށް.. ކޮންތާކުން ނެރުނުލާރިއެއް.. ސީދާ ހަރާންލާރި..
އައްބާސް ވިދާޅުވީ ގައުމަށް މިދިޔަ އެކި އަހަރުތަކުގައި އިންތިހާއަށް އަމްދަނީ ލިބުނުކަމަށާއި، އެހެން ނަމަވެސް ފައިސާއަށް ހިޔާނާތްވުމުގެ ސަބަބުން ރައްޔިތުންނަށް މަންފާ ނުވީކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ މީހުންނަކީ އާންމު ރައްޔިތުންނެކޭ އެއްގޮތަށް ބުރަ މަސައްކަތެއްކޮށްގެން ދުވަހަކު ވެސް މުސާރައެއް ހޯދި ބައެއް ނޫންކަމަށް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ ހައްގުގައިކަމަށް ބުނެ، ނުވަތަ ޒުވާނުންގެ ނަމުގައި އިހުތިޖާޖުކޮށް ވާހަކަ ދެއްކުމުން އެކަން ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެއްވެސް ޒުވާނަކު އެމްޑީޕީ ދައްކާ ވާހަކަތައް ހަގީގަތެއްކަމަށް ދެކުން ރަނގަޅު ނޫންކަމަށެވެ.

