ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލޭ މެޑިކަލް ޗެކަޕްގެ ޙިދުމަތް އެންމެ ގިނައިން ހޯދައިފައިވަނީ 40 އަހަރުން މަތީގެ މީހުން!

އާސަންދަ ކުންފުނި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދެވޭ ހިލޭ މެޑިކަލް ޗެކަޕްގެ ޚިދުމަތް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ 40 އަހަރުން މަތީގެ ފަރާތްތަކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހިއްސާކުރި ތަފާސްހިސާބުތަކުގައި މިއަހަރު ތަންފީޛުކުރެވުނު އެކިއެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިމެނެއެވެ. މީގެ ތެރޭގައި އާސަންދަ ސްކީމުގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް، އައިވީއެފް ޚިދުމަތް، ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ފަދަ ޚިދުމަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ހިމެނެއެވެ.

އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު ތަޢާރަފުކުރި ފަހުން، މިހާތަނަށް 3,200 އަށްވުރެ ގިނަ މީހުން މި ޚިދުމަތް ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން 40 އަހަރުން މަތީގެ 2,428 މީހުން މި ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވެއެވެ. އަދި 40 އަހަރުން މަތީގެ މީހުން ހިލޭ ކެންސަރ ސްކްރީނިންގ ފުރުޞަތު ތަޢާރަފުކުރެވުނު ފަހުން، 512 މީހުން މި ޚިދުމަތް ބޭނުންކޮށްފައިވެއެވެ.

ހިލޭ މެޑިކަލް ޗެކަޕްގެ ޚިދުމަތް ހޯދާފައިވާ ޖުމްލަ 3,238 މީހުންގެ ތެރޭގައި 1,411 ފިރިހެނުންނާއި 1,827 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، 18 އަހަރުން ދަށުގެ 20 ކުދިން ސްކޫލް ހެލްތް ސްކްރީނިންގ ޕެކޭޖުގެ ދަށުން ޚިދުމަތް ހޯދާފައިވާއިރު، 19 އަހަރާއި 39 އަހަރާ ދެމެދުގެ 278 މީހުން މި ޚިދުމަތް ބޭނުންކޮށްފައިވެއެވެ.

އައި.ވީ.އެފް ފަރުވާއަށް އެދި 368 މީހުން ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން ޝަރުޠު ހަމަވާ 100 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ.

ޒަކާތު ފަންޑުގެ ޚަރަދުގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިހާތަނަށް 8,033,646.37 ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން 14 ބަލިމީހުން ފަރުވާއަށް ފޮނުވިފައިވާއިރު، 8 ބަލިމީހުން ވަނީ ފަރުވާ ފުރިހަމަކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގައި ޖަނަވަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް 13,547 މީހުން ރަޖިސްޓަރީވެފައިވެއެވެ. މި ޕްރޮގްރާމަށް ޖުމްލަ 462,382,000 ރުފިޔާ ޚަރަދުކުރެވިފައިވާކަން އެންސްޕާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: