ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު މާރުކުރުމުގެ ޤާނޫނު އޮންނާނީ 17 ނޮވެމްބަރުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އޮތްގޮތަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު މާރު ކުރުމުގެ ޤާނޫނު އެކުލެވިގެން އަންނައިރު، އެ ޤާނޫނު އޮންނާނީ 17 ނޮވެމްބަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުުޅުގައި ވިދާޅުވި ގޮތަށްކަމަށް ސަރުކާރުން މައުލޫމާތު ދީފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ވަނީ ޑޮލަރު ގަވައިދަށް އަމަލު ކުރުން ނޫން ގޮތެއް ނެތްކަމަށާއި، އެ ގަވައިދަށް ދެން ގެންނާނެ އިތުރު ބަދަލެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، މިހާރު އެކުލަވާލާފައިވާ ބޭރު ފައިިސާއާ ބެހޭ ބިލަށް އާންމުންގެ ހިިޔާލު ހޯދުމަށް ހުޅުވާލުމާއެކު، އެ ބިލުގައި އޮތީ ރައީސް އޭރު ވިދާޅުވި ގޮތަށް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އެކަމާ ގުޅޭގޮތުން ސަންގުޓީވިއާ ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ޤާނޫނު އޮންނާނީ 17 ނޮވެމްބަރުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އޮތްގޮތަށް ކަމަށާއި، އެކަމުގައި ސަރުކާރުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރަން އަންގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރު ކުރަން ލާޒިމު ކުރާގޮތަށް ނިންމި ނިންމުމަށް ލުއިތަކެއް ދީފައިވާކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ ބޭރު ފައިިސާއާ ބެހޭ ބިލަކީ އެ ޤަވާއިދަށް އިތުރު ޤާނޫނީ ބާރުވެރިކަމެއްދީ، ޤަވާއިދު ތަންފީޒު ކުރުން އިތުރަށް ފަސޭހަ ކުރުމަށް ހުށަހަޅާފައިވާ ބިިލެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ބިލުގެ ދަށުން ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރުން އާމްދަނީ ލިބޭނަމަ ޑޮލަރު މާރު ކުރުން ލާޒިމުވާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ރައީސް އޭރު ވިދާޅުވި ބަހުގެ އިތުބާރު އޮންނާނެ ކަމަށާއި، މިހާރު މި ކުރެވެމުންދާ މަސައްކަތަކީ ޤަވާއިދު ތަންފީޒު ކުރުން ވަރުގަދަ ކުރުމަށް ޤާނޫނެއް ހެެދުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: