ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން އަނިޔާވެފައި އޮވައި މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރި ބޭރު ތޮށީ މޫދުން އަނިޔާވެފައިއޮތް ފިރިހެނެއް މޫދުންފެނިފައިވާ ކަމަށެވެ. އަދި އެމިހާ މިހާރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވަނީ މައުލޫތު ދެއްވައިފައެވެ. ފުލުުހުން ބުނެފައިވަނީ އެ މިހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އަނިޔާ ލިބިފައިވަނީ އުޅަދެއްގައި ޖެހިގެން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

