ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފާހަގަކުރެވިފައިވަނީ ނޯތް ސެންޓްރަލް ޕޮލިސްގެ ބެލުމުގެ ދަށުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެއްގައެވެ. އެގޮތުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައި ރިޕޯޓުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާއިރު މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއްކަމަށްވުމުން މިފަދަ ސީރިއަސް މައްސަލަތަކުގައި ކުއްޖާގެ މައުލޫމާތުތައް ރައްކައުތެރިކުރުމުގެ ގޮތުން އަތޮޅާއި ރަށް ހާމަކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: