ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ޕްރޮމޯޓްކުރުމަށް ސަރުކާރު ހިއްސާ އޮންނަ ކުންފުޏެއް މިއަހަރު ވަނީ އުފައްދާފަ: ވުޒާރާ

ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރިކަން ބޮޑު ދުނިޔޭގެ މާކެޓުގައި ދިވެހި މަހާއި މަހުގެ އުފެއްދުންތަކަށް ރަނގަޅު ނަފާ ހޯދުމަށާއި މާކެޓު ކުރުމަށް ސަރުކާރު ހިއްސާ އޮންނަ ކުންފުޏެއް މިއަހަރު އުފައްދައިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރައިން ބުނެފިއެވެ.

ސަރުކާރާއަށް އަހަރެއްވުމާއި ގުޅިގެން އެ ވުޒާރާއިން ބުނެފައިވަނީ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ، ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް“ އުފައްދަވައިފައި ކަމަށެވެ.

އެ ކުންފުންޏަކީ، މަސްވެރިކަމުގެ އާ ބާވަތްތައް ތައާރަފްކުރުމާއި މަސްވެރި އުފެއްދުންތައް އިތުރުކޮށް އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ހޯދައި އިތުރުކުރުމާ، މަހުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާގެ އަދަދަކީ 10 މިލިއަން ކަމަށާއި ހިއްސާގެ މައްޗަށް ބަހާލާފައިވަނީ 100،000 ރުފިޔާ ކަމަށް ރައީސްގެ ގަރާރުގައި ވާނެ ކަމަށް ވަނީ ބުނެފައެވެ.

މަސްވެރިކަމުގެ ސިނާއަތުގައު މަސްވެރިންނަށް ދިމާވެފައިވާ މައްސަލައަތައް ހައްލު ކުރުމަކީ ރައީސްގެ ވައުދެކެވެ. އެގޮތުން މަސްވެރިން މަސް ބޭނުމަށްފަހު މަސްރައްކާކުރާނެ ޖާގަ ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަން ހައްލު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލް ސްޓޯރޭޖް އެޅުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ނިންމައިފައެވެ.

އެ ވުޒާރާއިން ކުރައްވަމުންދާ އިތުރުކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ދެގުނަކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ފ. ނިލަންދޫގައި ގއ. ކޫއްޑުގައި 4000 ޓަނުގެ ކޯލް ސްޓޯރޭޖެއެއް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ފ. ނިލަންދޫގައި 50 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކާއި 1500 ޓަނުގެ މަސްފިނިކޮށް ރައްކާކުރާނެ ކާރުޚާނާއެއް އެޅުމަށް ޗައިނާގެ ދޮންގފަންގ އިލެކްޓްރިކް އިންޓަނޭޝަނަލާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށް މަސައްކަތް ފަށާފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. ރާއްޖޭގައި މަހުގެ އަގުއެއްކޮށް އެކްސްޕޯޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށާއި ފ. އަތޮޅުގައި އަޅާ މަސް ކާރުޚާނާއަކީ މެދުރާއްޖެތެރޭގައި އަޅާ އެންމެ ބޮޑު މަސް ކާރުޚާނާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެެވެ.

މީގެ އިތުރުން، ގދ. ތިނަދޫ ސިޓީގައި ބިނާކުރަން ފަށާފައިވާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެ ފެސިލިޓީ ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ވުޒާރައިން ވަނީ ބުނެފައެވެ. އެގޮތުން އަމާޒަކީ 2025 ވަނަ އަހަރު އެ ފެސިލިޓީ ނިންމާ ބޭނުން ކުރަން ފެށުމެވެ.

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖެ ކެޕޭސިޓީ އިތުރުކުރުމަކީ އުތުރުގައި މަސްކިރުވުމުގައި މިހާރު ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެން ދާނެ މަޝްރޫއެކެވެ. މިހާރު ފެލިވަރުގައި ރައްކާ ކުރެވެނީ 750 ޓަނުގެ ގަނޑުމަހެވެ. މިޕްރޮޖެކްޓް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނިމޭއިރު ޖުމްލަ 4750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކަށް ބަދަލުވެގެންދާނެ އެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ހއ އަތޮޅުގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެ އަތޮޅު އިހަވަންދޫގައި ބްރައިން ފްރީޒިންގްއާއިއެކު 1000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖް އެޅުމަށްވަނީ ނިންމައިފައެވެ. އަދި މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް އެޅުމަށް ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދު އެއްބަސް ވުމެއްގައި ވަނީ ސޮއިކިުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: