އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 5 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
މި މަގާމަށް ހުޅުވާލައިފައިވަނީ ދާދިފަހުން އިލެކްޝަންސް ކޮމިޝަންސްގެ ނައިބުގެ މަގާމާއި އަދި މެންބަރުކަމުގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފް ނުފޫޒަށް ލެނބުމުގެ ތުހުމަތުކޮށް މަގާމުން ވަކިކޮށްފައިވުމުންނެވެ. އޭގެ ފަހަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ނިންމީ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި، މެމްބަރު މުހައްމަދު އަސިފް ވަކިކުރުމަށްށެވެ.
ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮޅުވާލިކަމަށް ތުހުމަތާއި އެކު ދެ މެމްބަރުންގެ މައްޗަށް ކުރަނީ އިންތިހާބުގެ ޑޭޓާ ބޭސްއިން އެޕްލިކޭޝަން ހަދައިގެން ވިއްކުމުގެ ތުހުމަތެވެ. މަޖިލީހުގު ތަޅުމުގައި ނެގި ވޯޓުގައި ނަޝާތު މަގާމުން ވަކި ކުރަން ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ 69 މެމްބަރުންނެވެ. އަދި އާސިފް ވަކި ކުރަން 68 މެމްބަރުން ވޯޓު ދެއްވި އެވެ. ދެ މެމްބަރުން ވެސް މަގާމުން ވަކި ކުރުމަށް ނުފެންނަކަމަށް އެވަގުތު ހާޒިރުވެ ތިއްބެވި އެމްޑީޕީގެ 10 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.

