ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

75 އަހަރަކީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް މަދު ދުވަސްކޮޅެއް: ނާޡިމް

ޢަބްދުﷲ ނާޡިމް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭސްފަރުވާގެ ނިޒާމު ފެށިގެން އައިތާ 75 އަހަރުވީ ނަމަވެސް އެއީ ސިއްހީ ނިޒާމު ކަހަކަ އޭރިއާއެއް އެންމެ ރަނގަޅޫ ކުރުމަށް ވަރަށް މަދު ދުވަސް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި ހާއްސަ އިންޓަރވިއުގައި މިނިސްޓަރ ނާޡިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެ ކުދި އާބާދީތަކަކަށް ބިނާވެފައިއޮތުން ކަމަށެވެ. ރާއްޖޭގައި 5000 މަތީގެ އާބާދީގެ މީހުން ތިބި އޮތީ 4 ރަށެއް ކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ 500ގެ އާބާދީގެ އެތަކެއް ރަށްތަކެއް އޮތް ކަމަށެވެ. އެހެންކަމުން އެފަދަ ކުދި އާބާދީ ތަކުގައި ބޮޑެތި ހޭދަތަކޮށް ބޮޑެތި ހޮސްޕިޓަލްތަކެއް އަޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ނާޠިމް ވިދާޅުވިއެވެ.

އޭގެ އެއް ސަބަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ޑޮކްޓަރުން އެދަފަ ތަންތަނަށް ނުދާނެ ކަމަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ދޭން ބޭނުންވަނީ ނުވަތަ އޮޕަރޭޝަންތައް ކުރުމަށްޓަކައި އެކެއް ނުވަތަ ދެ ޑޮކްޓަރުން ނުފުދޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ ކަންކަން ކުރައްވާނަމަ އިންޓަރކަނެކްޓެޑް ޑިޕާޓްމެންޓުތަކެއް ގުޅިގެން ނޫނީ ބޮޑެތި ސާރޖަރީތައްވެސް ނުހެދޭނެ ކަމަށެވެ.

”އެކްސްރޭ ނަގާމީހެއް ހުންނަ ގޮތަށް، އެކްސްރޭ ބަލާ އެއަށް ގޮތް ކިޔާނެ މީހަކު ހުންނަން ޖެހޭ. އަދި ހަމަ އެއާއިއެކު މައްސަލައެއް އުޅެއްޏާ އޮޕަރޭޝަން ކުރާނެ ޑޮކްޓަރެއް ހުންނަން ޖެހޭ. އޮޕްރޭޝަން ކުރާނެ ޑޮކްޓަރެއް ހުންނަންޏާ ހޭ ނައްތާނެ ޑޮކްޓަރަކު ހުންނަން ޖެހޭނެ. ދެން މިހެންގޮސް ބައިވަރު ޑިޕާޓްމެންޓުތައް ގުޅިގެން ނޫނީ ކޮމްޕްލެކްސް މިފަދަ ހިދުމަތެއް ދެވޭކަށް ނޯވޭ. ދިވެހިރާއްޖޭގެ ހެލްތު ނިޒާމުގައި އޮތް ގޮންޖެހުމެއްމީ“

މިނިސްޓަރ ނާޡިމް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ރާއްޖެ އައިތާ 75 އަހަރުވެފައިވާ ކަމަށާއި އެއީ މި ނިޒާމު ރަނގަޅު ކުރުމަށް ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ. މިހުރިހާ ގޮންޖެހުމާއިއެކުވެސް ނިމިދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ އެބައެއްގެ ގާބިލްކަން ހުރި މިންވަރަކުން ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް މިދިޔަ ސަރުކާރުތަކުގައި ހިނގާފައިވާ ދޯދިޔާ ކަންކަމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާއެއް ނިކުމެފައި ނުވާ ކަމަށެވެ. ހެލްތު ނިޒާމަކި އަބަދުވެސް ސަރުކާރުތަކަށް އޮންނަ އެންމެ މުހިންމު އެއް އޭރިއާ ކަމަަށެވެ. އަދި އެއީ ދުނިޔޭގެ ގައުމުތަކުގައިވެސް އެކަން އޮންނަ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: