ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކަށް ފަޅުރަށްތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް!

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭ ގޮތަށް އޮތް ސިޔާސަތުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ސޯޝަލްމީޑިއާގައި އާންމުކުރެއްވިގޮތުން، ސަރުކާރުން އެކުލަވާލާފައިވާ ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް ބައެއް ކައުންސިލުތަކުންވަނީ ޕްރޮޕޯސަލް ހުށައަޅާފައިކަމަށެވެ. އަދި އެ ހުށައެޅުންތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް ނިންމާލެވިފައިވާކަން ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރ އިނގުރައިދޫ ކައުންސިލުން ޕްރޮޕޯސަލްއެއް ހުށައެޅިކަމަށާއި އެއީ ރ ނެޔޮ ހޯދުމުގެ ބޭނުމުގައިކަމަށެވެ. އަދި ދ އަތޮޅު ކައުންސިލުން ދ މިނިމަސްގިލި އާއި ފެންފުށްޓަށް ހުށައެޅުމެއް ފޮނުވިއިރު ލ މާވަށު ކައުންސިލުންވަނީ ލ ބޮޑުމާބުޅަލިއަށް ޕްރޮޕޯސަލް ފޮނުވާފައިކަމަށެވެ. އެހެންކަމުން މިކަމުގެ ރިޕޯޓުތައް ރައީސް އޮފީހަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުށައަޅުއްވާނެކަމަށާއި މި މަސައްކަތްތަކުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.

މިއީ ވިޔަފާރީގެ ގިނަ ބޭނުންތަކަށް ރަށްތައް ބޭނުންކުރެވޭ ގޮތަށް ކައުންސިލުތަކަށް ދޫކުރުމާއި ބެހޭގޮތުން ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކެކެވެ. މި އުސޫލު އާންމުކުރުމުގެ ކުރިން ކައުންސިލުތަކަށް ރަށްތައް ދެމުން އައިސްފައިވަނީ އެތަންތަން ބަލަހައްޓާ އުސޫލުގެ ދަށުންކަމަށްވާއިރު އައު އުސޫލާއިއެކު ކައުންސިލުތަކަށް ދޫކުރާ ރަށްތަކުގައި އިގްތިސާދީ މަންފާތައް ހާސިލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރުމަށް ރަށްތަކުގެ ބޭނުން ހިފުމަށް ފަހިވެގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: