ފެނަކަ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ފެށި މަސައްކަތްތައް ހުއްޓާލާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާގޮތުން އެ ކުންފުނީގެ ސަބްސިޑިއަރީއެއްގެ ކަނޑައެޅުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީއިންވަނީ މި މަހުގެ 24 ވަނަ ދުވަހު އަންގާފައިކަމަށެވެ. އެހެންކަމުން ސަރުކާރަށް ހުށައަޅާފައިވާ ޕްރޮޕޯސަލްގެ ކަންކަން ކުރިއަށްގޮސްފައިވާ މިންވަރަށް ރިއާޔަތްކުރުމަށްފަހު ކުންފުނީގެ ބޯޑުން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތްތައް ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން މި މަސައްކަތްތައް ކުރިއަށް ނުގެންދާކަން ހިއްސާދާރުންނާއި ކަމާއި ބެހޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށް އަންގާކަމަށެވެ.

