ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ލޯންޗުކޮށްފި!

އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ލޯންޗުކުރުމުގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފިއެވެ.

އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ލޯންޗުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށާއި ސަބަބަކީ ރާއްޖޭގައި ޝަރުއީ ހަމަތަކަށް ފެތޭ ފުރަތަމަ ވިސާ ކްރެޑިޓް ކާޑު ލޯންޗުކުރެވިފައިވުންކަމަށެވެ. ޝަރީފް ވިދާޅުވީ، އެންމެ ފުރަމަތަ ބެންކުން ދޫކުރީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއްކަމަށާއި އެއަށްފަހު ޝަރުއީ ހަމަތަކަށް ފެތޭ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއް ބީއެމްއެލް އިސްލާމިކުން ލޯންޗުކުރިކަމަށެވެ.

އޭނާ ވިދާޅުވީ ދެވަނަ އަށް ބެންކުން ދޫކުރި ކްރެޑިޓް ކާޑަކީ ވިސާ ކްރެޑިޓް ކާޑުކަމަށާއި އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިސާ ކްރެޑިޓް ކާޑެއް އިޝޫކުރި ފުރުސަތުކަމަށެވެ. އަދި މިއަދު އެހެން އެއްވެސް ބަޔަކު ޝަރުއީ ހަމަތަކަށް ފެތޭ ވިސާ ކްރެޑިޓް ކާޑެއް ދޫކޮށްފައިނުވާއިރު އެކަންވެސް ކޮށްފައިވަނީ ބެންކުންކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވިސާ ކްރެޑިޓް ކާޑު ބީއެމްއެލް އިސްލާމިކް އިން މިއަދު ދޫކުރަން ފަށާފައިވަނީ ޝަރުއީ ހަމަތަކަށް ފައްތައިގެން އުޖްރާ އުސޫލުންކަމަށެވެ. އެގޮތުން މި މުއާމަލާތް ބިނާވެފައިވަނީ ނެގިގެންދާނެ ފީއެއްގެ މައްޗަށްކަމަށާއި އެއީވެސް ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ މަތިން ނަގާ ފީއެއްކަން ހިއްސާކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މިކާޑާއި އެހެނިހެން ކާޑުތަކުގެ ދެމެދު އޮތް ތަފާތަކީ އެހެނިހެން ކާޑުތަކުގައި ވަކި ދުވަހެއްގެ ކުރިން ފައިސާ ނުދައްކައިފި ހާލަތެއްގައި އިންޓްރެސްޓު ދައްކަންޖެހޭ ގޮތަށް އޮތް އޮތުންކަމަށެވެ. އެހެންނަމަވެސް މި ކާޑު ބައްލަވައިގަންނަ ފަރާތްތަކުގެ އަތުން ނަގާނީ ކަނޑައެޅިފައިވާ ފީއެއްކަމަށާއި އިންޓްރެސްޓެއް ނާރާނެކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ޝަރުއީ ހަމަތަކަށް ފެތޭ އިސްލާމިކް ކްރެޑިޓް ކާޑެއްކަމަށާއި ބީއެމްއެލްއަކީ މިވަގުތު ރާއްޖޭގައި އިސްލާމިކް ބެންކިންގް ހިދުމަތްދޭ އެންމެ ބޮޑު ބެންކުކަމަށެވެ. އަދި އެގޮތަށް ދަންނަވަނީ ސަބަބުތަކެއް ނެތި ނޫންކަމަށާއި އެގޮތުން މިއަދު ލޯންޗުކުރެވިފައިވާ ކާޑާއި އެމެރިކަން އެކްސްޕްރެސް ކާޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8000އަށްވުރެ ގިނަ ވިޔަފާރިތަކަށް ފައިސާ ދެއްކޭ ކާޑުތަކެއް ކަމަށެވެ. އަދި އެކަން ކޮށްދެވޭ އެހެން ބެންކެއް ހުރިތޯ ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: