ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ ދަފްތަރާއިއެކު ޓެކްސީ ޑްރައިވަރުންނަށް ފަހި ފުރުސަތުތައް ލިބިގެންދާނެ: މިނިސްޓްރީ

އެއާޕޯޓް ޓެކްސީ ކިޔު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރާއިއެކު އެ ފަރާތްތަކަށް  ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން އިދާރާތަކުން ލިބޭ ޢިނާޔަތްތަކާއި ފުރުޞަތުތައް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ދަތުރުފަތުރާއު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނެފި އެެވެ.

ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން އެ ވުޒާރާއިން ހިއްސާ ކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޓެކްސީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް މިހާރު އެކުލަވައިލައިފައިވާ ކަމަށެވެ. އަދި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ ޙައްޤުތަކާއި އިނާޔަތްތައް ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބޭންކު ލޯނު ފަދަ މާލީ ޚިދުމަތްތައް ހޯދުމުގައި ޝަރުޠުތައް ފުރިހަމަކުރުމަށް ފަސޭހަވެގެންދާކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. މި ފިޔަވަޅަކީ ޓެކްސީ ޑްރައިވަރުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަން އެ ވުޒާރާއިން ފާހަގަކުރެއެެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރުތަކުގައި ޤަވައިދާ ޙިލާފަށް ގިނަ އަދަދުތަކެއްގެ ވެހިކަލްތަކެއް މާލެ ސަރަހައްދަށް ރަޖިސްތްރީކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ވަނީ ނިމުމަކަށް ގެނެވިފައި ކަމަށް އެ ވުޒާރައިން ވަނީ ބުނެފައެވެ. ގަރާޖުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއްވެސް ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން ވުޒާރާގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓަރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ. ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ގެނެވުނު ބަދަލުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު (އޮކްޓޫބަރު 31 އާ ހަމައަށް) މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1% މިހާރުވަނީ ދަށްވެފައެވެ.

މީގެ އިތުރުން، ދެފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތްވެސް %8.1 ވަނީ މަދުވެފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެގެން ގޮސްފައެވެ. މި ފިޔަވަޅުތަކަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރައިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: