ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަހާސިންތާ ފުރަތަމަ ފަހަރަށް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

”ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު“ ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާއަކީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ ޢިލްމީ މަހާސިންތާއެކެވެ.

އެގޮތުން، ހޮނިހިރު ދުވަހު ބާއްވާ މަހާސިންތާ އަކީ މި އަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ، ޢިލްމީ ދަރުބާރެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުބާރުގައި އެކި ދާއިރާތަކުގެ ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ބެހޭ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ދަރުބާރުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު 9 ޢިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިސްލާމް ދީން ތައާރަފުވުމާއި ތަރައްޤީ ވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތުގެ ޢިލްމީ ކަރުދާސްތައް ވެސް މި މަހާސިންތާގެ ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ނިންމައިފައެވެ.

މި ޢިލްމީ ދަރުބާރުގެ މަޤްސަދުތަކުގެ ތެރޭގައި، ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި ޢިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި، ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނެ އެވެ. މި މަހާސިންތާ ފައްޓަވައި ދެއްވާނީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: