ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯހާ މެރަތަންއަށް ދާ އުރީދޫގެ 2 ކަސްޓަމަރުން އިއުލާނު ކޮށްފި

ދޯހާ މެރަތަންއަށް ދާ އުރީދޫގެ 2 ކަސްޓަމަރުން އިއުލާނުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އިއުލާނުކޮށްފިއެވެ.

ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ. މިލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ.

އުރީދޫއިން މައުލޫމާތުުދޭ ގޮތުގައި މި ލަކީޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރ އިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވުމަށް ހުޅުވާލެވުނެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުން ދޯހާ މެރަތަންއަށް ފޮނުވާ މިއީ ދެވަނަ ފަހަރެވެ.

ލަކީ ޑްރޯއިން ހޮވުނު ފަރާތްތަކަނީ އުރީދޫއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހު ހުރުމާއި، ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުމުގެ އިތުރުން، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: