ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ޗޭންޖިންގ ގަވައިދުގެ ދަށުން ލައިސެންސަށް އެދި ހުށަހެޅީ 98 ވިޔަފާރިއެއް

ފައިސާ މާރު ކުރަން ހާއްސަ ތަނެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާ މާރު ކުރުމުގެ ގަވައިދުގެ ދަށުން ލައިސެންސަށް އެދި ހުށަހެޅީ 98 ފަރާތަކުންކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

ބޭރު ފައިސާގެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަންވާނީ ރުފިޔާއިން ކަމަށެވެ. އިސްތިސްނާ ވާ ހާލަތަކީ އޭގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލްއަގްވާމީ މުއާމަލާތްތަކާއި ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު އަދި އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގުންނެވެ.

މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ބޭރު ފައިސާއާއި ބެހޭ ގަވައިދުގެ ދަށުން، އެމްއެމްއޭގައި ރެޖިސްޓްރީވުމަށް ދިން މުއްދަތު ހަމަވެފައި ވަނީ ނޮވެމްބަރު މަހުއެވެ. މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެވެ.

އެއީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސެވެ. ގަވާއިދުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ހިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލައި ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ހުއްދަކުރެއެވެ.

އައު ގަވައިދަށް އަމަލު ކުރަން ފެށުމަށް ތައްޔާރުވެފައިވާއިރު އެމްއެމްއޭއިން ދިން މައުލޫމާތުގައި ބުނީ މުއްދަތު ހަމަވީއިރު 98 ފަރާތަކުން ލައިސަންސަށް އެދި ހުށަހަޅާފައިވާކަމަށެވެ.

މީގެ ކުރިން ލައިސެންސް އޮތީ 212 ފަރާތެއްގެ އަތުގައިކަމަށްވުމާއި އެކު، މިހާރު 163 ކުންފުންޏެއްގެ ލައިސަންސް ވަނީ ބާތިލުވެފަ އެވެ. އެއީ ލައިސެންސަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި އެ ކުންފުނިތަކުން އެގޮތަށް އެދި ހުށަހަޅާފައި ނުވާތީ އެވެ.

ބާތިލުކޮށްފައި ވަނީ 99 ކޮމާޝަލް އަދި 64 ރިސޯޓުގެ ލައިސެންސެވެ.

ލައިސެންސަށް އެދި ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށް އެމްއެމްއޭ ބުނެފައި ވަނީ ޓީއަރ ވަން މަނީ އެކްސްޗޭންޖު ލައިސަންސަށް އެދުނީ 79 ފަރާތަކުން ކަމަށެވެ. އަދި އަލަށް ހުއްދައަށް އެދި 44 ވިޔަފާރިއެއް އަދި މީގެ ކުރިން ވެސް ހިދުމަތް ދެމުން ދިޔަ 35 ފަރާތަކުން ހުށަހެޅިކަމަށެވެ.

ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރަންވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސެންސް އޮވެގެން ކަމަށެވެ.

މި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހޭނީ ދިވެހިންނަށެވެ. މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދާއި އެކު ގާނޫނެއް އެކުލަވާލުމުގެ މަސަައްކަތް ފަށައި ބިލެއް ޑްރާފްޓްކޮށް މަރުކަޒީ ބޭންކުން މިހާރު ވަނީ އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: