ނ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ދައުވާލިބޭ އަހުޒަމް އަބްދުއްޝުކޫރު މީގެ ކުރިން ވެފައިވާ އިއުތިރާފަކީ އޭނާއަށް ފުލުހުން މަޖުބޫރުކޮށްގެން ވީ އިއުތިރާފެއްކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފިއެވެ.
ދައުލަތުން ބުނާ ގޮތުގައި ފުލުހުން ގާތުގައިވެސް، އަދި ދެފަހަރެއްގެ މަތިން މުއްދަތު މަޖިލީހުގައިވެސް އަހުޒަމް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފު މުޅި މި މައްސަލައިގެ ހެކިތަކާވެސް ދިމާވެއެވެ.
އެކަމާ ގުޅޭގޮތުން އަހުޒަމްގެ ވަކީލު ވިދާޅުވީ، އަހުޒަމް ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.
ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އޭނާގެ ފަރާތުން ފުރަތަމަ ވާހަކަ ދައްކާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި ކަމަށާއި، އެ މަޖިލީހުގައި އޭނާ ހުރީވެސް މަސްތުގެ ޙާލަތުގައި ކަމަށެވެ.
އަދި އެ ޙާލަތުގައި ހުއްޓައި ފުލުހުން އމި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން އޭނާއަށް މަޖުބޫރުކޮށްފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އަހުޒަމްގެ ވަކީލު ވިދާޅުވި ގޮތުގައި އޭރު އަހުޒަމްއަށް ނައީމާގެ މަރާ ގުޅިގެން ޝައްކެއްވެސް ކޮށްފައިނުވެއެވެ.
މި މައްސަލައިގައި ދައުވާލިބޭ އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.
ދެން އޮންނާނީ އަހުޒަމްއަށް ކުރާ ދައުވާއާ ގުޅިގެން ހެކި ހާމަ ކުރުމެވެ.

