ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަންތައް ކާމިޔާބު ކުރަން ވެސް އެމްޑީޕީ ބަޖެޓުން ބޭރުން ހަރަދު ކުރި: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބައި އިލެކްޝަންތައް ކާމިޔާބު ކުރުމަށް އެކަނި ވެސް، ބަޖެޓުން ބޭރުން ބޮޑެތި ހޭދަތައް ކުރިކަމަށް  ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ހިނގާފައި ހުރި ދޯދިޔާ ކޮންމެކަމަކާއި އެ ޕާޓީން އަޅުވަނީ ކޮވިޑު-19 ގެ ހާލަތާއި ކަމަށެވެ. އެހެން ނަމަވެސް ދެ އަހަރު ދުވަހަށް ފަހު ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެވި ގައުމުގެ އިގްތިސާދު ހިނގައިގަތުމަށް ފަހު އަނެއްކާވެސް ކޮވިޑުގެ ނަން ބޭނުންކޮށްގެން ވައްކަމާއި ކޮރަޕްޝަން ހިންގަމުން ދިޔަކަމުގެ ތުހުމަތު މަމްދޫހު ކުރެއްވި އެވެ. އެގޮތުން ފައިސާ ޗާޕު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތީސް ފައިސާ ޗާޕު ކުރަމުން ދިއުމުގެ ސަބަބުން ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަކަން މަމްދޫހު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމުގެ އަހަރެއްގެ ތެރޭގައި ކުރީ ކޮން މަސައްކަތެއްތޯ އާއި، ބަޖެޓާއި އެއްގޮތަށް ހިދުމަތެއް ނުދޭކަމަށް އެމްޑީޕީ ދައްކާ ވާހަކައިގެ ރައްދުގައި މަމްދޫހު ވިދާޅުވީ އިންތިހާއަށް ބޮޑެތި ހަރަދުތައް ކުރުމަށް ފަހު ޖެހިގެން އޮތް އަހަރަށް ބިލު ކުރަމުން ދިޔައީ އެމްޑީޕީކަމަށެވެ. އަދި އަހަރު ނިމެން ގާތްވުމާއި އެކު ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައި ހިންގި ޖަރީމާތައް މިހާރު ހާމަވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އަހަރަށް އެކަނި ވެސް އެމްޑީޕީ ކުރި ހަރަދުތައް އެތައް ގުނައެއް ބޮޑުކަމަށެވެ. އަދި ވޯޓުގެ ބޭނުމުގައި އެކި ރަށްތަކުގައި ހިންގަން ބަޖެޓު ކުރި ޕްރޮޖެކްޓުތަކަކީ ވަކި ހިސާބަކުން ހުއްޓިފައި ހުރި މަޝްރޫއުތައްކަން މަމްދޫހު ފާހަގަކުރެއްވި އެވެ.

މާލިއްޔަތު ގާނޫނާ ހިލާފަށް އެތައްކަމެއްކޮށް އެކަން މަތި އެޅުމަށް އެމްޑީޕީން ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަމުން ދިޔައި.. މިގޮތަށް ކަންތައް ކުރެވިފައި މިއޮތީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުގައި.. ބައި އިލެކްޝަންތައް ނެގުމަށް ވެސް އެމްޑީޕީ، ބަޖެޓު ފުނޑާލި.. އަޅުގަނޑުމެންނަށް ފެނިގެންދާނެ އެމްޑީޕީގެ ސަރުކާރުގައި ހުންނާނެ އޮގަސްޓު މަހުގައި ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި.. ހަގީގަތަކީކޮށްފައި ހުރި ހަރަދުތައް އެމްޑީޕީން ސަޕްލިމެންޓްރީ ބަޖެޓުގައި މި ހިމަނަނީ..

މީގެއިތުރުން މަމްދޫހު ވަނީ، އާސަންދައާއި، ސަބްސީޑީ އަދި ޕެންޝަން ސްކީމަށް ގެންނަ ބައެއް ރިފޯމްތައް ފާހަގަކުރައްވާފަ އެވެ.

މަމްދޫހު ވިދާޅުވީ ޕެންޝަނާއި، އާސަންދައިގެ ނިޒާމުގެ ތެރޭގައި ހުރި ނިޒާމީ މައްސަލަތަކެއްގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް އިސްރާފުވަމުން ދިޔަކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެއް ކަމަށެވެ. ކުރީ ސަރުކާރަށް ވެސް އެކަން ފާހަގަވެފައި އޮތް އިރު އިހުލާސްތެރި ނިޔަތެއްގައި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ހިދުމަތެއް ރީފޯމްކޮށް ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދާފައި ނުވަނީ ކީއްވެގެން ތޯ މަމްދޫހު ސުވާލު އުފެއްދެވި އެވެ.

މަމްދޫހު ވިދާޅުވީ ސަބްސިޑީ ހިމެނޭ ގޮތަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދޭން ޖެހެނީ، އެކަމަކަށް އެންމެ ބޭނުން ޖެހިފައި ތިބި ރައްޔިތުންނަށް ކަމަށެވެ. މަމްދޫހު ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ބައެއް ކަރުދާސްތަކުގައި މި މައްސަލަތައް ފާހަގަކޮށް، އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ މަޝްވަރާ ކުރެވުނުކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ތަންފީޒީ މަރުހަލާއަށް އެ ފިޔަވަޅުތައް ގެނެވިފައި ނުވަނީ ކޮންމެވެސް ނުފޫޒެއް އެކަމުގެ ތެރެއަށް ވަދެގެންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: