މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑުކޮށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ މިއީ ”ޕްރޮޖެކްޓް ފޯ ޑިޒާސްޓަރ ރެސިލިއަންސް އެންހޭސްމަންޓް އިން މާލެ“ ގެ ކޮންސަލްޓެންސީ އެއްބަސްވުމެއް ކަމަށެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހިމް ތައާމް ސޮއި ކުރެއްވިއިރު، ކޮންސަލްޓަންޓު ޓީމުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޗީފް ކޮންސަލްޓަންޓް ހިރޯމާ ނަމިކީ އެވެ.
މި އެއްބަސްވުމަކީ މައިގަނޑު ބޭނުމަކީ މާލެ ސިޓީގެ އެއްގަމު ތޮށި އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމެވެ.
މި މަސައްކަތުގެ ޑިޒައިނިން ފޭސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ހަމައަށް ނިންމާލުމަށް ވަނީ ރާވާފައެވެ.

