ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދު ދިމިސްކު ދޫކޮށް ގޮސްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ސީރިޔާގެ ރައީސް ބައްޝާރު ދިމިސްކު ދޫކޮށް ގޮސްފައިވާކަން ކަށަވަރުކޮށްދިނީ އެ ގައުމުގެ އަސްކަރިއްޔާގެ އިސް ދެ އޮފިޝަލެކެވެ. އަދި މިކަން ހާމަވެފައިވަނީ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށަށް ހަމަލާ ބަދަލުކުރުންތަކަކާއި ނުލައި ވަދެގަނެފައިވާކަމުގެ މައުލޫމާތު ދީފައިވާ ދަނޑިވަޅުގައިކަމަށެވެ.
ރިޕޯޓުތަކުގައިވާގޮތުން އެތަކެއް ހާސް ބަޔަކުވަނީ ރަށުތެރޭގައި އެއްވެ މިނިވަންކަމަށް ގޮވާލާފައެވެ. މީޑިއާތަކާއި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން ޖަލުތަކުގައި ތިބި މީހުން މިނިވަންވުމާއި ނާއިންސާފުވެރިކަމުގެ ދައުރެއް ނިމިގެންދިއުމަށް އެ ފަރާތްތަކުން މަރުހަބާ ކިޔާކަމަށެވެ.
ހާއްސަ ގޮތެއްގައި އެ ސަރަހައްދުގައި ހުންނަ ޖަލެއްގައި އެތައް ހާސް ސީރިޔާގެ ރައްޔިތުންނެއް ހިފާ ހައްޔަރުކޮށްގެން ގެންގުޅެމުން އައުން ނިމިފައިވުމާއިއެކު އެ ޝުއޫރުތައް ފާޅުކުރާކަން ހާމަކޮށްފައިވެއެވެ. ހަނގުރާމަވެރިން ދިމިސްކަށް ވަތްގަޑީގައި އެއަރޕޯޓުން އުޅަނދެއް ނައްޓާލި މަންޒަރު ފެނުނުކަން މީޑިއާތަކުން ކަށަވަރުކޮށްދެއެވެ. އެ އުޅަނދުގައި ބައްޝާރު އިންކަމަށް ގަބޫލުކުރެވޭއިރު އޭނާ ފުރާވަޑައިގަތީ ކޮން ތަނަކަށްކަން ޔަގީންކުރެވިފައިނުވާކަމަށާއި ފްލައިޓްރާޑާރ ފަދަ ވެބްސައިޓުތަކުގެ މައުލޫމާތުންވެސް އުޅަނދެއް ފުރިކަން ޔަގީންކުރެވޭކަމަށެވެ.
އެންމެ ފުރަތަމަ އުޅަނދު ދުއްވަމުންދިޔައީ ސީރިޔާގެ އައްސޭރި ފަށުގައި އޮންނަ ސަރަހައްދުތަކާއި ދިމާލަށްކަމަށްވާއިރު ޔޫޓާރނެއް ނެގުމަށްފަހު ވަގުތުތަކެއް ދުއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ. އެއަށްފަހު ރާޑަރުތަކުން ގެއްލުނުކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.
މިކަން ހިނގުމުގެކުރިން ހަނގުރާމަވެރިންވަނީ އެހެން މައި ސަރަހައްދެއް ހިފާއިވާކަން އިއުލާނުކޮށްފައެވެ. އެކަން ކުރީ އެންމެ ދުވަހެއްގެ ހަމަލާ ބަދަލުކުރުންތަކަށްފަހުކަމަށްވާއިރު ފިއްލަވާފައިވާކަމަށް ފެނިގެންދާ ބައްޝާރުގެ 24 އަހަރު ދުވަހުގެ ވެރިކަން ނިމުމަކާއި ހިސާބަށް އައިސްފައިވާކަމަށް ފެނިގެންދާކަމަށް ބުނެފައިވެއެވެ. ދިމިސްކު ހިފީ އެއްވެސް ހަމަލާ ބަދަލުކުރުމެއް ނެތިނަމަވެސް ބަޑި ޖެހުމުގެ އަޑުފަށްގަނޑު އިވިގެންދިޔަކަން ނޫސްތަކުން ފާހަގަކުރެއެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅިގެންކަން ސާފުނުވާކަމަށެވެ.

