ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިިިޔަ ސަރުކާރުން އިންތިޚާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލި މިންވަރު ރައީސް ވިދާޅުވެދެއްވީ އަދަދުތަކުން

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކިއެކި އިންތިޚާބުތަކާ ދިމާކޮށް އެތައް ކުށްވެރިންނެއް ދޫކޮށްލާފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ ތޮއްޑޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ނިމުނު އަހަރު ޖުމުލަ ގޮތެއްގައި އަދަބު ލުއިކޮށް ދޫކޮށްލާފައިވަނީ 86 މީހުން ކަމަށެވެ. އެއީ މިދިިޔަ އަހަރުތަކާ އަޅާބަލާއިރު، ބޮޑުތަނުން ކުޑަ އަދަދެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، ނިމިދިޔަ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް އެ އަހަރު ތެރޭގައި 429 މީހުން ދޫކޮށްލާފައިވާ ކަމަށާއި، 2022 ވަނަ އަަހަރު 250 މީހުން ދޫކޮށްލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 މީީހުން ދޫކޮށްލާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ހިނގަމުންދާ ސަރުކާރުގައިވެސް މަޖިލިސް އިންތިޚާބެއް ކުރިމަތިވި ކަމަށާއި، ނަމަވެސް މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް އެގޮތަށް މީހުން ދޫކުރަމުން ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މިދިޔަ ސަރުކާރުގައި ހަމައެކަނި މަޖިލިސް އިންތިޚާބާ ދިމާކޮށް 700ށް ވުރެ ގިނަ މީހުން ދޫކޮށްލާފައިވާކަން ރައީސް ފާހަަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި ސަރުކާރުގެ ވިސްނުމަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއްގެ ތެރެއިން އެފަދަ ލުއިތައްދީ، އަދި މުޖުުތަމައަށް ފައިދާ ހުރި ބައެއްގެ ގޮތުގައި އެމީހުން ދޫކޮށްލުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލުތަކުގެ އާބާދީގެ އަޣުލަބިއްޔަތު އެކުލެވިގެންވަނީ 80 އިންސައްތަ ޒުވާނުންގެ މައްޗަށެެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުުމަކީ ޖަލުން މިނިވަންވެގެން އަންނަ ކޮންމެ ޒުވާނަކީވެސް މުޖުތަމަޢުގެ ތެރޭގައި ޤަބޫލުކުރެވޭ، އެކަށީގެންވާ ވަޒީފާއެއް އަދާކުރެވޭ ފަދަ ޤާބިލު ބަޔަކަށް ހެދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: