ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮއްޑޫއަށް ވައުދުވިކަންކަން ބަޖެޓުކޮށްގެން ކުރިއަށް ގެންދާނަން: ރައީސް

ރައީސް ތޮއްޑޫ ކައުންސިލުގެ އިދާރާގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައުދުވެވަޑައިގެންފައިވާ ކަންކަން 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ތޮއްޑޫގެ ކައުންސިލަށް ދެއްވައިފިއެވެ.

އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ރައީސް ޑރ މުއިއްޒު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ކައުންސިލުންވަނީ އެމަނިކުފާނު މަޝަވަރާގެ މަގުން ކުރިއަށް ގެންދާ މަސައްކަތްތަކާއިމެދު ކައުންސިލުން ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އެގޮތުން ރައީސަކު އެރަށަކަށް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވައިގެން ތަރައްގީގެ ކަންކަން ބައްޓަންކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

ތޮއްޑޫ ކައުންސިލުގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެ ކައުންސިލުންވަނީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް ރަނގަޅު މަރުކަޒެއް ގާއިމުކޮށްދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެ ރަށުގެ ސުކޫލުގެ ޖާގައިގެ ދަތިކަމުގެ މައުލޫމާތު ހިއްސާކުރިއިރު އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި މާލީ އެހީތެރިކަން ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސައިދިނުމަށްވެސް އެދިފައިވެއެވެ.

ކައުންސިލުގެ އެދުންތައް އަޑުއެއްސެވުމަށްފަހު ރައީސްވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނަކަން އަދި މަސައްކަތްތައް ކުރިއަށް ގެންދަވާނެކަން ކައުންސިލަށް އަންގަވާފައެވެ. އަދި ރަށުގެ މަގު ހެުދމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް އާއިއެކު މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވާހަކަދެއްކެވިއެވެ. އެގޮތުން ތޮއްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: