ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަބީލްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި، މިހާރުވެސް އިޖުތިމާއީ މިންގަނޑާ ޚިލާފު އެތައް މަންޒަރުތަކެއް ދަނީ އާންމުކުރަމުން!

މުހައްމަދު ނަބީލް (ޔާޔަ ލޫސީ).
ޝެއާރކޮށްލާ ކަހަލަދޯ؟

މީސް މީޑިއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު މަންޒަރުތައް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ ގ. ކަމަރާގެ، މުޙައްމަދު ނަބީލް ގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މިފަދަ މައްސަލައެއްގައި ނަބީލު މީގެ ކުރިންވެސް ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގާފައިވެއެވެ. އަދި މިނިވަންވުމަށްފަހުވެސް އޭނާ ގެންދަނީ އެ އަމަލުތައް ތަކުރާރު ކުރަމުންނެވެ.

މިފަދަ މައްސަލައެއްގައި ދާދި ފަހުންވެސް އޭނާ ހައްޔަރުކުރިއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް އޭނާއަށް ތުހުމަތުވާ ކުށުގެ ބާވަތަށް ބަލާއިރު އޭނާގެ ކިބައިން އެހެން މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތްކަމަށެވެ.

އެގޮތުގެ މަތިން އޭނާ ދޫކޮށްލި ނަމަވެސް ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުން އެދި އޮގަސްޓު މަހު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ޕީޖީ އޮފީހާ ސަންގުޓީވީން ސުވާލުކޮށްލުމުން ޕީޖީ އޮފީހުން ބުނީ، ނަބީލް ނިވައިކަން ކުޑަ އަންހެން ހެދުން ލައިގެންހުރެ ނަށާ ވީޑިއޯތަކެއް ”ޓިކްޓޮކް“ އެކައުންޓެއްގައި ޝާއިޢުކުރަމުންދާކަމަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިޢުކުރުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކ.މާލެ، ގ.ކަމަރާގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރަން ފުލުހުން ދިއުމުން، އޭނާއަކީ ޓިކްޓޮކްގައި ”ކޮރޮސް ޑްރެސަރ“ އެއްކަމަށް ބުނެ، އެ ކޮޓަރި ތެރެއިން އޭނާ ބޭނުންކުރާ އަންހެން ހެދުންތައް ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ވީޑިއޯތަކުގައި ހަޑިހުތުރުކޮށް ނިވައިކަންކުޑަ އަންހެން ހެދުންލައިގެން ނަށައިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރުވެސް އޭނާ ގެންދަނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު އެތައް ވީޑިއޯތަކެއް އާންމު ކުރަމުންނެވެ. އަދި އެކަމާ އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: